ރައީސް ބޭރު ދުނިޔެއަށް: ދިވެހީން ތިބިކޮށް ސާފުވާނެ ކަމަށް ޔަގީން ކުރަން

"ރާއްޖޭގެ މިކަންކަން ބަލަން ތިއްބެވި ބޭރު ދުނިޔޭގެ އެކި ބޭފުޅުންނަށް ވެސް މިހާރު ވަރަށް ސާފުވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑަށް ވަރަށް ޔަގީންވޭ ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއްކަން،"
އިއްޔެ އޮތް ރައްޔިތުންްގެ މަޖިލީހުގެ އިންތިހާބު ގައި ސަރުކާރަށް ރައްޔިތުން ދިން ވަރުގަދަ ތާއީދާއި އިތުބާރާ އެކު ދިވެހީން ތިބި ކޮށް ބޭރު ދުނިޔެއަށް ވަރަށް ބޮޑަށް ސާފުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ ދިވެހީންގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ޝައުގުއޮތް / އެކަން ކުރާ ގައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ކޮންގްރެސްއަށް ލިބުމުން އެކަމުގެ އުފަލުގައި މިރޭ ހަވާ އަރުވާ އުފާފާޅުކުރަން ބޭއްވި ހަފްލާ ގައި ރައީސް ވިދާޅުވީ އިއްޔެގެ ނަތީޖާ އިން ދިވެހީންގެ ކަންކަން ބަލަން ތިބި ބޭރު ދުނިޔޭގެ ގައުމުތަކަށް ވެސް ސާފު މެސެޖެއް ލިބިފައިވާކަން ޔަގީން ކުރައްވާ ކަަމަށެވެ. "ރާއްޖޭގެ މިކަންކަން ބަލަން ތިއްބެވި ބޭރު ދުނިޔޭގެ އެކި ބޭފުޅުންނަށް ވެސް މިހާރު ވަރަށް ސާފުވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑަށް ވަރަށް ޔަގީންވޭ ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއްކަން،"ރައީސް ވިދާޅުވީ ރާއްޖެ އަކީ ފަހުރުވެރި ދިވެހި ގައުމެއް ކަމަށާ ދިވެހީންނަކީ މިނިވަން ކަމަށް ލޯބިކުރާ ބައެއްކަން ބައިނަލްއަގްވާމީ ދުނިޔެއަށް ސާފުވާން ވާނެ އުންމީދު ކުރައްވާ ޔަގީން ކުރައްވާ ކަމަށެވެ. ދިވެހީންގެ ކަންކަން ނިންމާނީ ދިވެހީން އަމިއްލައަށް ކަމަށާ ދިވެހީންގެ ކަންކަމުގައި ބަސް ބުނާނީ ދިވެހީން ކަމަށް ރައީސް ވިދާޅުވި އެވެ.މީގެ އިތުރުން ރައީސް ވަނީ ގައުމުގެ އެތެރޭގައި ވެސް ވަކި އެޖެންޑާއެއް ގެންގުޅެމުން އައި ސިޔާސީ ވެރީންނަށް ވެސް އިއްޔެގެ ނަތީޖާ އިން ސާފު މެސެޖެއް ލިބިވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވި އެވެ.ބެލެވޭ ގޮތުން ރައީސްގެ އެ މެސެޖު އެ ހާއްސަ ކުރެއްވީ އަވައްޓެރި އިންޑިއާ އަށެވެ. ދިވެހީންގެ ދާހިލީ ކަންކަމުގެ ތެރެއަސް އެ ގައުމު ވަދެފައިވާ ކަމަށް ދެކޭ މީހުން ގިނަ އެވެ. ހާއްސަކޮށް ރާއްޖޭގައި އިންޑިއާ ސިފައިން ބެއިތުމަށް އެ ގައުމުން ކުރަމުން އައި މަސައްކަތާއި ސިފައިން ބޭލުމަށް ރައީސް މުއިއްޒު ކުރައްވަން ފެއްޓެވި މަސައްކަތާ ދެކޮޅަށް އެ ގައުމުން ކުރި ކަންކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ވަނީ ކޮންމެވެސް ވަރެއްގެ ބުރުލެއް އަރާފައެވެ.އެ މައުލޫގައި އިތުރަށް ތަފްސީލަށް ވަޑައިނުގެން ރައީސް ވިދާޅުވީ މިއީ އެންމެންގެ ގައުމެއް ކަމަށާ ކުރިއަށް ދާން ޖެހޭނީ އެކީގައި ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި ހުރިހާ ލީޑަރުންނަށް އެ ދައުވަތު ދެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ