ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދޭން އދ ގެ އާންމު މަޖިލީހަށް ހުށައަޅާފައިވާ ގަރާރަކީ ރާއްޖެ އިން ކޯ-ސްޕޮންސާ ކޮށްފައިވާ ގަރާރެކެވެ.
ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދޭން އދ ގެ އާންމު މަޖިލީހަށް ހުށައަޅާފައިވާ ގަރާރު ފާސްކޮށްފި އެވެ.
އާންމު މަޖިލީހުގައި ނެގުނު ވޯޓް ގައި ފަލަސްތީނަށް އދ ގެ ފުރިހަަމަ މެންބަރުކަން ދިނުމަށް 143 ގައުމަކުން ވަނީ ވޯޓް ދީފަ އެވެ. ފަލަސްތީނާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓް ދިނެވެ. އަދި 25 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓް ނުދެ އެވެ.ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދޭން އދ ގެ އާންމު މަޖިލީހަށް ހުށައަޅާފައިވާ ގަރާރަކީ ރާއްޖެ އިން ކޯ-ސްޕޮންސާ ކޮށްފައިވާ ގަރާރެކެވެ.ޔަހޫދީންގެ ވަރަށް ބޮޑު އަނިޔާވެރިކަމެއް ތަހަންމަލު ކުރަން ޖެހިފައިވާ ފަލަސްތީނުން އދ ގެ ފުރިހަަމަ މެންބަރުކަން ހޯދަން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ކޮންމެ ފަހަރަކު އެ މަސައްކަތަށް ހުރަސް އަޅަނީ ޔަހޫދީންނަށް އަބަދުހެން މަދަދާއި އެހީދީ މުސްލިމުން މަރަން އެހީތެރިވަމުންދާ އެމެރިކާއާ ހުޅަނގުގެ ބައިވެރީންނެވެ. ހާއްސަކޮށް އެމެރިކާ އެވެ. މިދިޔަ މަހު ނެގުނު ވޯޓް ވެސް އެމެރިކާ އިން ވަނީ ވީޓޯކޮށްފައެވެ.ފަލަސްތީނަށް މިވަގުތު އޮތީ އދ. ގެ އޮބްޒާވަރެއްގެ ދަރަޖަ އެވެ. އެ މިންވަރަށް ވެސް ފުުރުސަތު ދިނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދޭން އދ ގެ އާންމު މަޖިލީހަށް ހުށައަޅާފައިވާ ގަރާރު ފާސްކޮށްފައި މި ވަނީ ހައްދުފަނައަޅާފައިވާ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ވަރުގަދަ ލޭ އޮހޮރުވުމެއް ހިންގަމުންދާތާ މަސްތަކެއް ފަހުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ