ހަށިވިއްކި މީހުން އުފުލައިދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި

ޓެލެގްރާމް ގުރޫޕެއް ހަދައިގެން މަސްތުވާތަކެތީގެ މުއާމަލާތްތަކާއި ހަށިވިއްކި ނެޓްވޯކަށް އެހީތެރިވި ޓެކްސީ ޑްރައިވަރުގެ ބަންދަށް 15 ދުވަސް ޖަހާފައި ވެއެވެ.
ޓެލެގްރާމް ގުރޫޕެއް މެދުވެރިކޮށް ހަށިވިއްކުމާއި މަސްތުވާތަކެތީގެ މުއާމަލާތުތައް ހިންގި މީހުނަށް އެހީތެރިވި ޓެކްސީ ޑްރައިވަރު ހައްޔަރަށް ނަގައިފި އެވެ. 
ފުލުސް އިދާރާގެ މީޑިއާ އޮފިޝަލަކު މިއަދު "މިރާ" ނޫހަށް ވިދާޅުވީ ޓެލެގްރާމް ގުރޫޕް މެދުވެރިކޮށް ކުށް ކުރަމުން ދިޔަ ނެޓްވޯކުގެ މައްސަލާގައި 60 އަހަރުގެ ދިވެހި ފިރިހެނަކު މިދިއަ މާޗު 30 ވަނަ ދުވަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ހޯދާފައިވާ ކަމަށެވެ. އަދި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އެ ޓެކްސީ ޑްރައިވަރުގެ އިތުރުން މި މައްސަލާގައި ހައްޔަރުކުރީ 30 އަހަރުގެ ދިވެހި އަންހެނަކާއި، 28 އަހަރުގެ ފިރިހެނެކެވެ. ހަށި ވިއްކަން ގިނަ އަދަދެއްގެ ބިދޭސީ މީހުން ރާއްޖެ ގެނެސްފައިވާ ކަމަށާއި އަދި ދިވެހިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ ނެޓްވޯކުން ހަށިވިއްކަން އެކި ތަންތަނަށް މީހުން އުފުލަނީ އެކަމަށް ހާއްސަ ކޮށްފައިވާ ޓެކްސީއެއްގަ އެވެ.އެ ޓެކްސީގައި މީހުން ތަންތަނަށް ގެންދަނީ އޭގެ ޑްރައިވަރާއި، މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެ މީހުން ގުޅިގެނެވެ.  އެ މީހުން އިސްވެ ތިބެ "ޖަޒީރާ އެޑްމިން" އާއި "ޖަޒީރާ ގާލްސް" އާއި "ޖަޒީރާ ސްކޭމް އެލާޓް" އާއި "ޖަޒީރާ ލިންކް ހަބަރު" އާއި "ޖަޒީރާ އެސްކޯޓް ގެލެރީ" ގެ ނަމުގައި ކުށްތަކަށް އަރައިގަތުމަށް ޓެލެގްރާމް އެކައުންޓުތައް ހަދާފައި ހުރިކަމަށް ވެސް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. ހަށިވިއްކުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރިންގެ އިތުރުން އެކި ހޮސްޕިޓަލްތަކުގެ ނަމުގައި އެމްސީ ހެދުމާއި އޮރިޔާން ކާޑު އުފައްދައި ބެހުމުގެ ތުހުމަތު ވެސް އެމީހުންގެ މައްޗަށް ކުރެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ