އޭރުވެސް މިހާރުވެސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ އެމްޑީޕީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީން ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަބްދުﷲ ޝިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.ސިޔާޒް ސޯޝަލްމީޑިއާގައި މިއަދު ބުނެފައިވަނީ، 2018 ނޮވެމްބަރު 17 ގައި އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވުމާއެކު ނިޒާމީ ގޮތެއްގައި ރޭވިގެން ރައީސް ޔާމީނާ ސަރުކާރުގެ އޮފިޝަލުންްގެ މައްޗަށް ހަޤީގަތެއް ނެތް އިންޓެލިޖެންސް ރިޕޯޓްތައް އުފައްދައި ދޮގު ތުހުމަތުތައް އުފުލި ކަމަށެވެ.ސިޔާޒް ވިދާޅުވީ ރައީސް ޔާމީން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ހުށަހެޅި ޖިނާއީ ދައުވާތަކަކީ އެކަމުގެ ހެކި ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ނުހައްޤުން ދައުވާކޮށް ޖަލަށްލީ އެމްޑީޕީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ކާމިޔާބު ކުރުމަށް، ސިޔާސީ ގޮތުން ރައީސް ޔާމީނާއި ޕީޕީއެމް ޕީއެންސީގެ ވަތަނީ ފިކުރުގެ ލަޝްކަރު ބަކިކަށިކޮށްލުމަށް ކަމަށްވެސް ސިޔާޒް ތުހުމަތު ކުރެއްވި އެވެ.ޔާމީން ވެސް ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެން، އެ މަނިކުފާނު އިސްވެ ހުންނަވައިގެން އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އަދި އެ މަނިކުފާނުގެ އިސްތިއުނާފް ލަސް ކުރަނީ މި ސަރުކާރުން ކަމަށް ވެސް ޔާމީން ތުހުމަތު ކުރައްވަ އެވެ. އެކަމަކު މި ސަރުކާރުގެ އިސްވެރިން ވިދާޅުވަނީ މިއީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާނެ ސަރުކާރެއް ނޫން ކަމަށާއި ޝަރުއީ ނިންމުންތަކަށް އަބަދުވެސް އިހުތިރާމް ކުރާނެ ކަމަށެވެ.ޑިސެމްބަރު 25، 2022 ވަނަ ދުވަހު ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމް ތަންފީޒު ކުރަން މާލެ ބަންދުގައެވެ. ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން އެމަނިކުފާނަށް އަދިވެސް މަނައެވެ. ސިޔާސީ ހަރަކާތްތަކުގައި އުޅުއްވަން މަނާކޮށްފައި ވިޔަސް، ޔާމީނަށް ބޮޑެތި ލުއިތަކެއް މިހާރު ވެސް ލިބިވަޑައިގަންނަވައެވެ. އެގޮތުން ކަސްރަތު ކުރައްވަން ބޭރަށް ނުކުންނެވުމާއި ބޭސްފަރުވާ އަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވެއެވެ.ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމާއި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ.ޔާމީން ގެއަށް ބަދަލު ކުރީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ރައީސް ޑރ. މުއިއްޒު ކާމިޔާބުކުރެއްވި ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ