ފަޒުލް އުޅޭ ގެ ބަލައިފާސްކޮށް، ބައެއް ތަކެތި ފުލުހުން ގެންގޮސްފި

ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ފުލުހުން ރޭ ބަލައި ފާސްކޮށްފި އެވެ.އޭނަގެ ގެ ރެއިޑްކޮށް ބަލައި ފާސްކުރީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް ތަހުގީގަށް ބޭނުން ހިފިދާނެ އެއްވެސް އެއްޗެއް އެ ގެއިން ފުލުހުން ގެންދިޔަ ކަމެއް ސާފެއް ނުވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ފުލުހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.ފަޒުލްގެ ގެ ރޭ ފުލުހުން ފާސްކުރި އިރު، އެޗްޑީސީން ފަޅާލައިގެން 5 ލެޕްޓޮޕް ނެގި މައްސަލައެއް އިއްޔެ ރިޕޯޓްކުރުމާ ގުޅިގެން އެ ތަކެތި މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ރޭ ބުނެފައިވެ އެވެ.ފަޒުލް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އޭނަ ސަސްޕެންޑްކޮށްފައި ވަނިކޮށް އެރެ އެވެ. އެޗްޑީސީގެ ބޯޑްގެ މެމްބަރުންގެ ތެރެއިން ޗެއާމަން ފިޔަވައި އެންމެން ސަސްޕެންޑްކޮށްފައިވާ އިރު، ކުންފުނިގެ އާ އެމްޑީއަކަށް އާދީއްތަ ދުވަހު ވަނީ މައުރޫފް ޖަމީލް އައްޔަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ