އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅޭ އިމިއުނިޓީ އެއްބަސްވުންތައް ބާތިލްކުރުމުން ރައީސްގެ މަރުހަބާ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުގެ މައްސަލައާ ގުޅިގެން މީގެ ކުރިން ދައުލަތުން، އެ ޚިޔާނާތުގެ ކުށް ސާބިތުވި އެންމެންނާއެކު ހަދައިފައިވާ ހުރިހާ އިމިއުނިޓީ އެއްބަސްވުންތަކެއް ބާތިލްކުރުމުން އެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ މަރުހަބާ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހައްދަވައިފައިވަނީ ބައެއް މީހުންނަށް ތަފާތު އިމްތިޔާޒުތަކެއް ލިބިދީ އެ މީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރެވޭ ފަދަ އެއްބަސްވުންތަކެއް ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުންތައް މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް، ބާތިލުކުރައްވައި އެ މީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަހުގީގު ކުރަން ކަމާބެހޭ އިދާރާތަކަށް އެންގެވުމާ ގުޅިގެން މަރުޙަބާ ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި އަށަގެންފައިވާ ކޮރަޕްޝަންގެ ވަބަ ނައްތައިލުމަށް އެ ފަދަ ކަންކަމުގައި ތުހުމަތުކުރެވޭ އެންމެންނާ މެދު ހަމަހަމަކޮށް އަަމަލުކުރުން މުހިންމު ކަމަށެވެ. "ޒަމާނުއްސުރެން މި ޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މި ޤައުމުން ނައްތައިލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދު ވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން،" ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ