ވޯލްޑަކްޕްގެ ޚަބަރުތަކުގައި ދީނީ އަދި އަޙްލާގީ މިންގަނޑުތަކަށް އަމަލުކުރުމަށް މީޑިއާ ކޮމިޝަނުން އެދިއްޖެ

ފީފާ ވޯލްޑްކަޕްގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، މެޗުތަކުގެ މައުލޫމާތާއި މަންޒަރުތައް ފަތުރާއިރު އިސްލާމްދީނުގެ އަސާސްތަކާއި އަހްލާގީ މިންގަނޑުތަކަށް ސަމާލުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
މީޑިއާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްރޯޑްކާސްޓަރުންނާއި، ރީބްރޯޑްކާސްޓަރުން އަދި ނޫސްތަކާއި މީޑިއާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންވެސް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމަށް އެދޭ ކަމަށެވެ.
ޚާއްސަކޮށް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ މެޗުތައް ދުރަށް ފޮނުވަމުންދާއިރު، އަހްލާގީ މިންގަނޑާ ހިލާފު އަޑުތަކާއި މަންޒަރުތައް ދެއްކުމުން ދުރުހެލިވުމަށް ކޮމިޝަނުން ވަނީ އެދިފައެވެ. މިގޮތުން ބަޔާނުގައި ބުނެފައިވަނީ، "އަޚްލާގީ މިންގަނޑާއި ޚިލާފު އަޑުތަކާއި މަންޒަރުތަކަށް ބްރޯޑްކާސްޓަރުންނާއި ރީބްރޮޑްކާސްޓަރުން ސަމާލުވުމަށާއި ޚަބަރާއި މަޢުލޫމާތު ގެނެސްދޭއިރުވެސް އިސްލާމްދީނާއި ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑާއި ގޮތްވާ އެއްގޮތްވާގޮތުގެ މަތީން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް އިލްތިމާސްކުރަމެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ