ކަވޯޓު ކަރުދާސް ޗާޕުކުރުމުގެ ތެރޭގައި ކަރުދާހަށް އަރާ ކުދިކުދި ދެލި ތިކިތަކަކީ ވޯޓު ބާޠިލުކުރަންޖެހޭ ސަބަބެއް ކަމަށް ބަލައިފިނަމަ، ދިވެހިރާއްޖޭގެ އިންތިހާބީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް މުޅި އިންތިހާބުގެ ނަތީޖާއަށް އަސަރު ކުރާ ހާލަތެއް އުފެދިދާނެކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ވޯޓު ކަރުދާހުގައި ތިކިތަކެއް ހުރެގެން ކޯޓަށް ހުށަހަޅާފައިވާ މ. ވޭވަށު ކައުންސިލް ރައީސްގެ ވޯޓުގެ ނަތީޖާއަށް ހައިކޯޓުގެ ހުކުމާއި އެކު ވަނީ ބަދަލު އައިސްފަ އެވެ. ކައުންސިލްގެ ރައީސްގެ މަގާމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް ހުށަހެޅީ ބާތިލް ކަމަށް ބެލެވޭ ތިން ވޯޓެއް ކަރުދާހެއް ސައްހަކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ.
ކޮމިޝަނުން މައްސަލައިގައި ބުނެފައިވަނީ ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ ޕްރިންޓް ކުރުމުގައި ދިމާވި ކަމަކަށް ވާތީ އެ ވޯޓުތައް ބާތިލު ނުވާނެކަމަށެވެ. އެހެންވެ، ފުރަތަމަ ދެ ވޯޓުގެ ތަފާތަކުން ނަޒީހުގެ މައްޗަށް ކުރި ލިބިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަމް ނައީމަށެވެ. ނަޒީހު ހުށަހެޅި މައްސަލާގައި ހައި ކޯޓުން ނިންމީ އެ މައްސަލާގައި ހިމެނޭ ތިން ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ މަތިމަތިން ބެލުމުން ވެސް އެ ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގަތަކެއް ކަމަށެވެ. އެހެންކަމުން އެއީ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭ ގޮތަށް ހުރި ވޯޓުތަކެއް ނޫންކަމަށް ކަނޑަައެޅި އެވެ.
އަހުޝަމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާގެ ވަކީލެއްގެ ގޮތުގައި ތަފްސީލީ ގޮތެއްގައި މިއަދު ވާހަކަ ދެއްކެވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސޫދެވެ. މައްސަލައިގެ އަޑުއެހުމުގައި ސުއޫދު ވިދާޅުވީ، ބާތިލްކުރި ތިން ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ ވޯޓުލީ މީހާ ގަސްތުގައި ޖަހާފައިވާ ފާހަގަތަކެއް ނޫން ކަމަށެވެ. އެއީ ވޯޓު ކަރުދާސް ޗާޕްކުރި ”ނޮވެލްޓީ“ އިންވެސް ކަށަވަރުކޮށްދީފައިވާ ފަދައިން، ޕްރިންޓް ކުރުމުގެ ތެރޭގައި ކަރުދާހަށް އަރާފައިވާ ދެލީގެ ތިކިތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވަމުން ސުއޫދު ވިދާޅުވީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގައި ވޯޓު ބާތިލްވާނެ ކަމަށް ބުނަނީ ވޯޓުލާ މީހާ އަމިއްލައަށް އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ކުރަހާފައިވާނަމަ ކަމަށެވެ. ނަމަވެސް، މި ކަރުދާސްތަކުގައި ހުރި ތިކިތަކަކީ މެޝިނުން ޗާޕްވީއިރު އަރާފައިވާ އެއްޗަކަށް ވާއިރު، އެއީ ވޯޓު ބާތިލްވާންޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވަކާލާތު ކުރެއްވިއެވެ. އަދި ވިދާޅުވީ ވޯޓުލީ މީހާ ބޭނުންކުރީ ނޫ ކުލައިގެ ގަލަމެއް ކަމަށްވާއިރު، ކަރުދާހުގައި ހުރީ ކަޅު ކުލައިގެ ތިކިތަކެއް ކަމުން އެއީ ވޯޓުލީ މީހާގެ އަމަލެއް ނޫންކަން ސާފުވާ ކަމަށެވެ.
ސުއޫދު ވިދާޅުވީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ވޯޓެއް ބާތިލުވާނީ ވޯޓުލީ މީހާ އަމިއްލައަށް އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ކުރަހާފައިވާނަމައެވެ. ނަމަވެސް، މި މައްސަލައިގައި ހުރި ތިކިތަކަކީ ޗާޕުގެ ތެރެއިން އަރާފައިވާ އެއްޗެއްކަން އީސީގެ ބަޔާނުންނާއި ނޮވެލްޓީގެ ސިޓީން އެނގެން އޮތްކަމަށް ސުއޫދު ވިދާޅުވި އެވެ. މައްސަލައިގައި ނޮވެލްޓީން ބުނެފައި ވަނީ މުޅި ޕްރޮޑަކްޝަން ނިޒާމުގެ ތެރެއިން މިފަދަ ތިކިތައް ނައްތާލުމަކީ ނާދިރު ކަމެއް ކަމަށާއި، ވޯޓު ކަރުދާހުގައި ތިކި ހުރުމުގެ ފުރުސަތު އޮންނާނެ ކަމަށްށެވެ.
ސުއޫދު ވިދާޅުވީ، ޗާޕުގެ ކުށުން ހުންނަ ތިކިތަކުގެ ސަބަބުން ވޯޓު ބާތިލުކުރާނަމަ، މުޅި ރާއްޖޭގައި ބޭއްވުނު ހުރިހާ ކައުންސިލް އިންތިހާބުތަކެއްގެ ސައްހަކަމާމެދު ސުވާލު އުފެދޭނެ ކަމަށެވެ. އަދި އިންތިހާބު ނިމި މުއްދަތު ފާއިތުވެފައިވާ މި ދަނޑިވަޅުގައި މިފަދަ ނިންމުމެއްގެ ސަބަބުން ކުރިއަށް އޮތް އިންތިހާބުތަކަށް ވެސް ނުރަނގަޅު އަސަރު ކުރާނެކަމަށް ވިދާޅުވިއެވެ.މީ ކްރައިޓީރިއާއެއް ކަމަށް ބަލައިފިއްޔާ، ޗާޕު ދެލި ހުރި ކޮންމެ ވޯޓު
ފަހު އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ސުއޫދު ފާހަގަކުރެއްވީ، ހައިކޯޓުގެ ފަނޑިޔާރުން ވޯޓު ކަރުދާސްތައް ބަލާފައި އެއީ ދެނެގަނެވޭނެ ފާހަގަތަކެއް ކަމަށް ބުނެފައިވަނީ އީސީއާއި ނޮވެލްޓީގެ ފަންނީ ލަފައާ ހިލާފަށް ކަމަށެވެ.
ސުއޫދު ވިދާޅުވި ގޮތުގައި، ވޯޓުލާ މީހާގެ އިނގިލީގައި ޖައްސާ ދެލި ކަރުދާހުގައި އަތްލުމުގެ ތެރެއިން ހޭކިފައި ހުރި ނަމަވެސް، އެއީ ވޯޓުގެ ސިއްރުކަން ގެއްލޭވަރުގެ ކަމެއް ނޫނެވެ.
ޗާޕް ދެލި ހުރި ކޮންމެ ވޯޓު ކަރުދާހެއް ބާތިލުވާނެކަމަށް ބަލާނަމަ، އިންތިހާބީ ނިޒާމަށް ބޮޑެތި ބަދަލުތައް އަންނާނެ: ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ