އަންހެނުންނަށް ގޯނާ ކުރުން ހުއްޓުވަން އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީވެސް ހަމަ އަންހެނުންނަށް!: ޝައިޚް ސަމީރު

ކޮންމެ މީހަކު ކޮންމެ ގޮތަކަށް ހެދުން އަޅައިގެން ހުރިނަމަވެސް ނުބެލީމާ ނިމުނީކަމަށް ބުނެ މިއަދު ނިންމައެއް ނުލެވޭނެއެވެ! އެއަށްވުރެ މާބޮޑަށް ސިކުނޑިތަކަށް ޝައިޠޯނާ މިވަނީ ސަވާރުވެފައެވެ. ނިކަން ވިސްނައިލަބަލާށެވެ! ނިވާވެގެން ތިއްބައިވެސް ފަހަތުން ދުވަނީއެވެ. ނިވާވެގެން ތިބެގެންވެސް ފަހަތުން ދުވަނީއެވެ. ޙައްލެއް ނެތެވެ. ޙައްދެއްވެސް ނެތެވެ.
އަންހެނުންނަށް ގޯނާކުރުން އިތުރުވެ އެކަނބަލުންގެ ޢިއްފަތްތެރިކަން ގެއްލެމުންދާތީ ކުރާ ޝަކުވާގެ އަޑުތައް ދަނީ ގަދަވަމުންނެވެ. އެކަންކަމަށް ޙައްލު ހޯދަންވެސް ގިނަ ބައަކު މަސައްކަތްކުރެއެވެ. އެހެންކަމުން މިގެނެސްދެނީ ޝައިޚް އަޙްމަދު ސަމީރުގެ ވަރަށް އަގުހުރި ނަޞޭޙަތުގެ ބަސްކޮޅެކެވެ.
މިޒަމާނުގައި ވަދުދަމަންކުރާ ކަމަކީ ދޮށްޓެއްގައި އެމަކަށް ރަބަރު، ދުރަށް ފެންނަ ކުލަގަދަ، ދިއްލޭ މަހެއްގެ ސިފައިގައި އޮންނަ އެއްޗެއް ލާފައި ދުރަށް އެއްލުމަށްފަހު ދަމަނީއެވެ. ދެން މިވާގޮތަކީ އެއްކަލަ ދިއްލޭ ރަބަރުމަސް، ކަނޑުގައި އުޅޭ މަސްތަކަށް ފެނުމުން އައިސް އެއިގައި ހުންނަ ބުޅިތަކުގައި އެޅިގަންނަނީއެވެ. އެޅުނީމާ ދަމައި ގެނެސް މަސްތައް ނަގަނީއެވެ.
މިއަދު އަންހެނުންނަށްވެސް މިކުރެވެނީ ހަމަ އެއް ޒާތެއްގެ ކަމެކެވެ. ޒީނަތްތެރިވެ ހަށިގަޑު ދިއްލައިގެން ގައިގަ ކުލަ އުނގުޅައިގެން އެއްވެސް ފޮރުވުމެއްނެތި ފިރިހެނުންތަކުގެ ތެރެއަށް މަގުތަކަށް ނުކުމެވެނީއެވެ. ފިރިހެނުންނާއި މަސްހުނިވެވެނީއެވެ. އެކަހެރިވެސް ވެވެނީއެވެ! އެހިސާބުން މައްސަލަތައް ކުރިމަތިވާން މަގުފަހިވަނީއެވެ.
ލޮބުވެތިކަނބަލުންނޭވެ! ކިތަންމެ ވަރަކަށް އިތުބާރުކުރި ނަމަވެސް ހިލޭ ފިރިހެނުންނާއިއެކު އެކަހެރިނުވާށެވެ! ލޯބިވެގެން ކަމަށް ބުނެ އެކަހެރިކުރުވާފައި ތަފާތު ގޯނާތައްކުރާ ވާހަކަތަކާއި ގޯނާ ކުރުމަށްފަހު އެއްލލާފައި އޮންނަ ވާހަކަތައްވެސް އެބަ ޚަބަރުތަކުން އަޑުއިވެއެވެ. ލޯބިވެރިޔާ މަރައިލާ ވާހަކަވެސް އެބަ އަޑު އިވެއެވެ.
އިސްލާމް ދީނުގައި ހިލޭ ފިރިހެނުންނާއި އަންހެނުން އެކަހެރިވުން ޙަރާމްކުރައްވަވާފައި ވަނީ މިފަދަ އަނިޔާތަކުން އަންހެނުން ސަލާމަތްކުރުމަށްޓަކައެވެ.
--ޝައިޚް އަހްމަދު ސަމީރުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ