ވައްކަން ކުރުމުގެ ވާދަވެރި ސަގާފަތެއް މުއިއްޒު ވަނީ ކުންފުނިތަކުގެ މެދުގައި އުފައްދާފައި! މި މަހު އެންމެ ކުރީގައި ފެނަކައާއި, އެޗްޑީސީ!

ވައްކަން ކުރުމުގެ ވާދަވެރި ސަގާފަތެއް މުއިއްޒު ވަނީ ކުންފުނިތަކުގެ މެދުގައި އުފައްދާފައެވެ. މި މަހު އެންމެ ކުރީގައި މިކަމުގައި އުޅެނީ ފެނަކައާއި, އެޗްޑީސީއެވެ.
ކުންފުނިތަކުން ފައިސާ ހޯދުމަށް އެންމެ ފުރަތަމަ މަސައްކަތް ފަށާފައިވަނީ, މަޖިލީސް އިންތިހާބުގެ ކެމްޕެއިނަށެވެ. އޭރު މުއިއްޒު ވަނީ ކޮންމެ ކުންފުންޏަކުންވެސް ގެނެވޭނެ އެންމެ ބޮޑު އަދަދެއް މަޖިލީސް އިންތިހާބުގެ ކެމްޕެއިނަށް ހޯދައި ދިނުމަށް އަންގާފައެވެ.
މި ގޮތުން މުއިއްޒުގެ އެންގުމާއި އެއްގޮތަށް, ކުންފުނިތަކުގެ އެމްޑީއިން ވަނީ ސަޕްލަޔަރުންނަށް ގުޅާ ޕޭމަންޓްތައް ރިލީސް ކުރުމުގައި %20 ކަޓެއް ބޭނުންވާ ކަމަށާއި, އެކަމާއި އެއްބާރުލުން ދޭނަމަ, ދޫނުކޮށް ހުރި ޕޭމަންޓްތައް ދޫކޮށް ދީފާނެ ކަމަށް ބުނެފައެވެ.
މިކަން އޭރުވެސް, ބައެއް ސަޕްލަޔަރުން ވަނީ ދިޔަވަރު ނޫހަށް އަންގާފައެވެ.
އެއަށްފަހު, ފާއިތުވި ދުވަސްތަކުގައި ރައްޔިތުންގެ ފައިސާ އެކި ގޮތް ގޮތުން ކުންފުނިތައް މެދުވެރިކޮށް, ނަގައި, އެފައިސާ މުއިއްޒު ދަނީ ސިޔާސީ ބޭނުމަށް ޕާޓީ ހިންގުމަށާއި, މަޖިލީސް މެމްބަރުންނަށް ދިނުމަށް ބޭނުން ކުރަމުންނެވެ.
ކުންފުނިތަކުގެ މެދުގައި އެމީހުންގެ މަގާމުގައި ހުރުމަށް ޓަކައި, ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދީފައިވަނީ ވައްކަންކޮށް ދީގެން މުއިއްޒުއަށް އެ ފައިސާ ފޯރުކޮށް ދީގެން މުއިއްޒުގެ ރުހުން ހޯދުމަށެވެ. މި އުފެދިފައިވާ ސަގާފަތުގެ ސަބަބުން, ޚިދުމަތްތައް ދިނުމައި ކުންފުނިތަކުގެ އެމްޑީއިން ވަނީ ރައްޔިތުންނަށް އިހުމާލުވެފައެވެ.
މިވަރަށް ރޭވިގެން ކުންފުނިތަކުން ފައިސާ ނަގައި ސިޔާސީ ކަންކަމަށް ދުވަހަކުވެސް ރާއްޖޭގެ ތާރީޚުގައި އެއްވެސް މީހަކު ވެރިކަން ކޮށްފައި ނުވެއެވެ. ހުރިހާ ގެއްލުމެއް ލިބެމުން ދަނީ އާންމު ރައްޔިތުންނަށާއި, ސަޕްލަޔަރުންނަށާއި, ކުންފުނިތަކަށެވެ.
ސަރުކާރުން ވަނީ ދާދި ފަހުން, ހާމަ ކަން ބޮޑުކޮށް މުއިއްޒު މަޖިލީސް މެމްބަރުންނަށް ދެމުންދާ 50,000 އާއި 100,000ރ އާއި ދެމެދުގެ އަދަދާއި މެދު ގެނައި ރިޕޯޓް ދޮގުކޮށް އެކަން ރިޕޯޓް ކޮށްފައެވެ.
މުއިއްޒު ތަކުރާރުކޮށް ކުރަމުންދާ ވައްކަމާއި, ހިންގަމުންދާ ކޮރަޕްޝަންތައް ބަލާނެ މުއައްސަސާއެއް މިގައުމުގައި ނެތުމުން ރައްޔިތުންގެ ކެތްތެރިކަން ދަނީ ކޮޅުން ލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ