ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ސުޕަޔޮޓް ކެމްޕޭން ނިންމާލައިފި

މި ކެމްޕޭނުގެ ދަށުން ބައިނަލްއަޤްވާމީ ޔޮޓް ޝޯވތަކުގައި ރާއްޖޭގެ ސުޕަޔޮޓް ފުރުޞަތުތައް ދައްކާލާފައިވާއިރު، މި ދާއިރާއަށް ޚާއްޞަކޮށްގެން ތައްޔާރުކުރި "މިނީ ބްރޯޝާ" އާއި މާކެޓިންގ މެޓީރިއަލްތައް ސިނާޢަތުގެ ފަންނީ ބޭފުޅުންނަށާއި ޔޮޓްތަކަށް ސީދާ ފޯރުކޮށްދެވުނެވެ.
"މައިބާ ޗާޓަރ ޝޯވ އަދި މޮނާކޯ ޔޮޓް ޝޯވ ފަދަ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ޕްލެޓްފޯމްތަކުގައި ބައިވެރިވުމަކީ، ބައިނަލްއަޤްވާމީ ސުޕަޔޮޓް ދާއިރާގައި ރާއްޖޭގެ މަޤާމު ކަށަވަރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް" މި ކެމްޕޭނާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
ކެމްޕޭނުގެ ނަތީޖާއަށް ބަލާއިރު، ޑިޖިޓަލް ވަސީލަތްތަކުންނާއި ޔޮޓް ޝޯތަކުގެ ތެރެއިން ލިބުނު ތަރުހީބު ވަރަށް ބޮޑެވެ. ޚާއްޞަކޮށް މި ޝޯތަކަށްފަހު ރާއްޖެއާ ބެހޭގޮތުން ކުރެވޭ ސުވާލުތަކާއި ފަރާތްތަކުގެ ޝައުޤުވެރިކަން ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. ވިޒިޓް މޯލްޑިވްސްއިން ރާވާފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ