ޑުރަގާއި 69،000 ރުފިޔާއާއެކު، މާލޭގެ ގެއަކުން 22 އަހަރުގެ ޒުވާނަކު ހައްޔަރަށް

މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ރުފިޔާއާ އެކީ، މާލޭގެ ގެއަކުން 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ، ސ. ފޭދޫއަށް ނިސްބަތްވާ 22 އަހަރުގެ މުޙައްމަދު ޖާއިދު އަބްދުﷲއެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ވިޔަފާރި ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން، ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 35 ގުރާމުގެ ތަކެއްޗާއި 69،000އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގައި ހައްޔަރުކުރި ޖާއިފުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަން ފުލުހުން ފާހަގަކުރިއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެތީގެ މައްސަލައަކީ، ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، މި ފަދަ މައްސަލަތަކުގައި ވަރަށް ގިނަ އަދަދަކަށް ޒުވާނުން ހައްޔަރުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ