މަސްވެރިންގެ ހައްގުތައް ހޯދުމަށް ފެށި ސުލްހަވެރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން އަށް މީހަކު ގާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީން ހުށަހަޅައިފި އެވެ.
އެމްޑީޕީން އައިއެލްއޯގައި އެދިފައިވަނީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، އެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވީހާވެސް އަވަހަށް އަޅައިދިނުމަށެވެ.
ހަމައެއާއެކު، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ހެޔޮ ނިޔަތުގައި މަސްވެރިންގެ މަންދޫބުންނާ އެކު މަޝްވަރާކުރުމަށް ދިވެހި ސަރުކާރަށް އަންގައިދިނުމަށް ވެސް އެދިފައިވާ ކަމަށް، އެ ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.
މެންބަރު މައުރޫފު އަދި ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށާއި އަސާސީ ހައްގުތަކާއި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލާފައިވެ އެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރާ ޑިސެންބަރު 10 ވަނަ ދުވަހު، ބޮޑު ކަންނެލި މަސްވެރިން މާލޭގެ އުތުރުފަރާތުގައި ދޯނިތައް އަޅައިގެން އަޑުއުފުލަމުން ދިޔައީ ރައީސް މުހައްމަދު މުއިއްޒުވީ ވައުދުތައް ފުއްދައި ދިނުމަށާއި، މަސްވެރިންގެ ހައްގުތައް ފޯރުކޮށް ދިނުަމށެވެ.
މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
ނަމަވެސް ޖެހިގެން އައި ޑިސެންބަރު 11 ވަނަ ދުވަހު އިހުތިޖާޖު ރޫޅާލައި މީހުން ހައްޔަރުކުރީ ކޯޓު އަމުރެއް ވެސް ނެތި ދޯނިފަހަރަށް ފުލުހުން އަރައިގެންނެވެ.
މައުރޫފް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.
މައުރޫފު އާއި އިހުތިޖާޖުކުރި މަސްވެރިން ހައްޔަރުކުރި މައްސަލަ އެމްޑީޕީން އައިއެލްއޯއަށް ހުށަހަޅައިފި މައުރޫފު އާއި އިހުތިޖާޖުކުރި މަސްވެރިން ހައްޔަރުކުރި މައްސަލަ އެމްޑީޕީން އައިއެލްއޯއަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ