ޕެނަލްޓީ ޖެހި ވަގުތު ޑި ބްރޭނާ އަށް ލިބުނު އަނިޔާ ސީރިއަސް ޕެނަލްޓީ ޖެހި ވަގުތު ޑި ބްރޭނާ އަށް ލިބުނު އަނިޔާ ސީރިއަސް

ނޭޕްލްސް (އޮކްޓޫބަރު 27) - އިޓާލިއަން ލީގުގައި މި ހަފްތާގައި ކުޅުނު މެޗުގައި، ނަޕޯލީގެ ބެލްޖިއަމް މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ، ޕެނަލްޓީއެއް ފޮނުވާލި ވަަގުތު ފަލަމަސްގަނޑަށް ސީރިއަސް އަނިޔާއެއް ލިބި ދިގު މުއްދަތަަކަށް ކުޅުމާ ދުރުުގައި ހުންނަން ޖެހިއްޖެ އެވެ.
އިންޓަ މިލާން އަތުން 3-1 އިން ނަޕޯލީ މޮޅުވި މެޗުގައި ޑި ބްރޭނާ، ޕެނަލްޓީ ކާމިޔާބުކުރުމަށް ފަހު، ފަލަމަސްގަނޑަށް އަނިޔާވެގެން އުޅެން ފެށި އެވެ. އިރުކޮޅެއް ފަހުން، ދަނޑުމަތީގައި ފަރުވާ ހޯދި ޑި ބްރޭނާ، ދަނޑުން ފޭބީ މެޑިކަލް ދެ އޮފިޝަލުންގެ އެހީގަ އެވެ.
މި ސީޒަނުގައި ނަޕޯލީއާ ގުޅި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑި ބްރޭނާގެ ޓެސްޓްތައް ހެދިއިރު، ފަލަމަސްގަނޑަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަން ޔަގީންވެފައިވެ އެވެ. އަދި، މި އަހަރުގެ ބާކީ ބައިގައި އެއްކޮށް ކުޅުމާ ދުރުގައި ޑި ބްރޭނާ ހުންނަން ޖެހިފައިވާއިރު، އެނބުރި އާދެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށް ރިޕޯޓްތައް ބުނެ އެެވެ.
މިއީ، މީގެ ކުރިން ވެސް ޑި ބްރޭނާ އަށް އަނިޔާވެ، އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނު އަނިޔާގެ މައްސަލަ އެކެވެ.
އެ ފަހަރު، ސިޓީ އަށް ކުޅެނިކޮށް ޑި ބްރޭނާގެ ފަލަމަސްގަނޑަށް އަނިޔާވެ، ދިގު މުއްދަތެއްގައި ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.
ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ނަޕޯލީ އަށް ސޮއިކުރި ޑި ބްރޭނާ، އެ ޓީމަށް ކުޅެދިން އަށް މެޗުން ހަތަރު ލަނޑު ޖެހިއިރު، އޭގެ ތެރެއިން ތިން ގޯލަކީ ޕެނަލްޓީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ