މި ދަނޑިވަޅުގައި "ފޭކް" ބޮން ހަދައިގެން އިތުރަށް ބިރުވެރިކަން އުފައްދާ އަމާންކަން ނަގާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއ އެގޮތަށް އަމަލު ކުރަމުންދާ ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ޓެރަރިޒަމްގެ ދައުވާކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ އިއްޔެ އާއި ރެއެއާއި މިއަދު ފެންނަމުންދާ އެއްޗެހިތަކަކީ އައިއީޑީގެ ގޮތަށް ތައްޔާރު ކޮށްފައިވާ އެއްޗެހީގެ ގޮތުގައި ކަމަށާއި ނަމަވެސް އެއީ ބަޔަކު ގަސްދުގާ ރާވައިގެން މިދަނޑިވަޅުގައި ބިރުވެރިކަން އުފެއްދުމަށް ކުރާ ކަމެއް ކަމަށެވެ. އެކަން ކުރާ މީހުން ފިލައި ތިއްބަސް ހޯދާނެ ކަމަށެވެ.
"މިހާރު މިފެންނަނީ ބިރުވެރިކަން އިތުރު ކުރުމަށް ބަޔަކު ގަސްދުގައި ރާވައިގެން ކުރާ ކަމެއް. މިހާރު ފެންނަނީ 'ފޭކް' ބޮންތައް. އެއިން ކޮންމެ އެއްޗެއް ހަދާފައި އޮންނަނީ އައިއީޑީއެއްގެ ގޮތަށް، މިގޮތަށް ބިރު ދައްކައި މީހުން ހާސް ކުރުވަމުންދާ މީހުން ފިލައި ތިއްބަސް ހޯދާނަން އެމީހުންނާމެދު ޓެރަރިޒަމްގެ ދައުވާ ކުރާނަން،" އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު އެހެން ވިދާޅުވި އިރު އިއްޔެ ދޮން އަދަރާދަ ހިނގުުމުގައި އޮތް ކާރެއްގެ ތެރެއިން ފެނުނު އެއްޗާއި ރޭ ކަސްޓަމްސް ކައިރިން ފެނުނު އެއްޗާއި މިއަދު ހާބަރުން ފެނު އެތިވެސް ބޮމަކަށް ނުވި އެވެ. ނަމަވެސް އެ ހާދިސާތަކާ ގުޅިގެން ސިފައިންނާއި ފުލުހުން އެލާޓްވެ ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހުނެވެ. އަދި އެތައް ބަޔަކު ހާސްކަމުގެ ތެރެއަށްދިޔަ އެވެ.
ރެއާއި މިއަދު ފެނުނީ ފޭކް ބޮން، އެކަން ކުރި މީހުނަށް ޓެރަރިޒަމްގެ ދައުވާ ކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ