ދިވެހިރާއްޖޭގެ ރައްޔިތުން އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ވެރިކަމުގެ އިތުރު އެއްވެސް ދައުރެއް ދޭން ބޭނުން ނުވާކަމަށް ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގެ ”ޙަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަމުން އަހުމަދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ވެރިކަން ޕީޕީއެމްއަށް ލިބިދާނެކަމަށް އަދި ރައްޔިތުންގެ ތާއީދު އެ ޕާޓީއަށް ލިބޭނެކަމަށް އޭނާ ގަބޫލުނުރާ ކަމަށެވެ. އަހުމަދު ވިދާޅުވީ މީގެ ކުރިން އެ ޕާޓީއަށް އޮތް ތާއީދެއް ނަމަވެސް ފަނޑުވަމުން ދާތަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ފެންނާނެ ކަމަށެވެ.
”ގައުމާއި މެދު ހެޔޮކޮށް ވިސްނާ އެއްވެސް ބަޔަކު ޕީޕީއެމް އަކަށް ތާއިދު ނުކުރާނެ“ އަހުމަދު އަބްދުﷲ
ހަމައެއާއި އެކު، ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި މި ހިންގާ ސިޔާސީ ކަންތަކާއި ހަލަބޮލިކަމާއި އެކު ރާއްޖޭގެ މަގުތަކުގައި ހިންގާ މި ހަރަކާތްތަކަކީ ސީދާ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކެއް ކަމަށް އަހުމަދު ސިފަ ކުރެއްވި އެވެ. މިއީ ރައްޔިތުންގެ ހިމޭންކަން ނަގާލުމަށް ހިންގާ އަމަލުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
”ރަށްރަށުގެ މަގުމަތީގައި ހިންގާ ހަލަބޮލި މި ހަރަކާތްތަކަކީ ރައްޔިތުންގެ ހިމޭންކަން ނަގާލަން ހިންގާ އަމަލުތަކެއް“ އަހުމަދު އަބްދުﷲ
އަހުމަދު ވިދާޅުވީ ރައްޔިތުންނާއި މުޖްތަމައުގެ ހަމަޖެހުން ނަގާލުމަށް ޕީޕީއެމްއިން ކެނޑިނޭޅި އެތައް މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އިދިކޮޅުން ގެންގުޅެނީ ވަރަށް ގޯސް ވިސްނުމެއްކަމަށް އޭނާ ވިދާޅުވި އެވެ. އަވައްޓެރި އެކި ގައުމުތަކާއި މެދު ނަފްރަތު އުފެއްދުމަށް އިދިކޮޅުން މަސައްކަތް ކުރާކަމަށް ބުނެ އަހުމަދު ވަނީ ރައްޔިތުން އެފަދަ ކަންތަކަށް އެއްބާރުލުން ނުދިނުމަށް ގޮވާލާފަ އެވެ. އޭގެ ސަބަބެއްކަމަށް އޭނާ ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އަމާންކަން ގާއިމު ކުރުމަށެވެ. އެހެން ކަމުން ރާއްޖޭގެ ތަރައްގީއަށް މަގުފަހިވެފައިވާ ދޮރުތައް ބަންދު ކުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތް ކާމިޔާބުވިޔަ ނުދޭން އެނޭ އެދިވަޑައިގަތެވެ.
މީގެ އތުރުން ޕްރޮގްރާމުގައި ވާހަކަދައްކަމުން އަހުމަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގި ކަމަށާއި، ތަރައްގީ ގެނައުމުގައި ކާމިޔާބު ސަރުކާރެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑުގެ ހާލުގައިވެސް ރައްޔިތުންނަށް އެންމެ މަންފާއާއި ލާބަ ހުރި ގޮތަށް މަސައްކަތް ކުރިކަމަށް ވެސް ވިދާޅުވިއެވެ.
ރައްޔިތުން ދެން ޕީޕީއެމްއަށް ވެރިކަމެއް ނުދޭނެ: އަހުމަދު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ