ކުއާޒޯ މުބާރާތް: ނިންމުގެ ރަސްމިއްޔާތަށް ސިޔާމް ކެނދިކުޅުދުއަށް
ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙުމަދު ސިޔާމް މުޙައްމަދު ނ. ކެނދިކުޅުދުއަށް ވަޑައިގެންފިއެވެ. ސިޔާމް މިއަދު ހަވީރު ކެނދިޅުކުދުއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ސިޔާމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެގޮތުން ރަތް ދޫލަ އަޅައި، ކޯޑީގެ ހަރަކާތެއް ވެސް ކުރިއަށްގެންގޮސްފައިވެއެވެ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. އެ މެޗުގައި ވާދަކުރާނީ، މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް ވިންޑް ވޯރިއޯސް އެސްސީއާއި މިދިޔަ އަހަރުގެ ރަނަރަޕް ޓީމް ނައިފަރު ޗެލްސީ އެސްސީ އެވެ. ފައިނަލް މެޗުގެ ލައިވް ކަވަރޭޖް އެސްއެސް ޓީވީގެ ޔޫޓިއުބް ޗެނަލާއި ފޭސްބުކް ޕޭޖުން ލައިވް ކުރާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ