ލ. ގަމުގައި މިއަދު ދާ ޖަހައިގެން މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - ގަމު ތުނޑީ އަވަށަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ އަބްދުއްސަމަދު މުހައްމަދު ދާ ޖަހަން ދިޔައީ އެކުވެރިންތަކަކާ އެކު މިއަދު ހެނދުނެވެ. އެކަމަކު މޫދަށް ފޭބި ގޮތަށް ހަބަރެއް ނުވެގެން، އެ މީހުން ވަނީ އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ތަފްސީލް - އަބްދުއްސަމަދު ފެނުނީ، ގަމުގެ ގިނަ ބަޔަކާއި ފުލުހުންނާއި ސިފައިން ގޮސް އޭނާ ހޯދަމުން ދަނިކޮށް މޫދުންނެވެ.
"އޭނާ ފެނުނީ މަސް ހިފަން ފޭބި ސަރަހައްދުން. މޫދުގައި މަރުވެފައި އޮއްވާ ފެނުނީ،" ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
އަބްދުއްސަމަދަކީ އާއްމުކޮށް މަސް ހިފުމަށް ދާ މީހެއް
އެއީ ސިއްހަތު ރަނގަޅަށް ހުރި، ގިނައިން ހެލިފެލިވެ އުޅޭ މީހެއް
ލ. ގަމުގައި މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ