ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު މަރުވާން އުޅެނިކޮށް ސަލާމަތްކޮށްފި

ފުލުހުން އިތުރަށް ބުނީ މިހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހާއްސަމަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށެވެ.
ކުޅުދުއްފުށި ސިޓީ ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި މީހަކު ރޭ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާ ގުޅިގެން އެމީހާއަށް އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ހައްޔަރުގައި ހުރި އެމީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.އަދި، މި ހާދިސާގެ ތަހުގީގަށް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޓީމެއް ކުޅުދުއްފުށި ސިޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.ފުލުހުން އިތުރަށް ބުނީ މިހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހާއްސަމަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ