އެހެންކަމުން ދަށު ކޯޓުގައި އޮތް މައްސަލައިގައި އަލުން ޝަރީއަތުގެ މަރުހަލާއަށް ދާން ނުޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެމަނިކުފާނާ ދެކޮޅަށް ނިންމަވައިފި އެވެ.
ފުއްގިރި މައްސަލައިގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. ހައިކޯޓުން މައްސަލަ ކާމިޔާބު ނުވުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ.ސުޕްރީމް ކޯޓުގައި ވެސް ޔާމީން އެދިވަޑައިގެންފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައި ނުގަތުމަށެވެ. އަދި އަނެއް ކަމަކަށް ހުށަހަޅާފައި ވަނީ، މި ދެ ހެކިން ނުލާ ދެން ހުށަހަޅާފައިވާ ހެކިތަކާ މި މައްސަލައާ ގުޅުން އޮތްތޯ ބެލުމަށް ހުށަހަޅާފައިވާ ނުކުތާއެކެވެ. އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. ފަނޑިޔާރު ހުސްނުއްސުއޫދު މިރޭ ހުކުމް އިއްވަމުން ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގައި މައްސަލައިގެ ހެކިބަސް ނަގަން ފަށާފައި ނުވާތީ ޝަރީއަތުގެ މަރުހަލާގައި ހެކިތަކުގެ އިތުބާރާއި އަދުލުވެރިކަމާއި އަދި އިންސާފުވެރިކަމާއިމެދު ތައުނު ކުރުމުގެ ފުރުސަތު ޔާމީނަށް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގައި އޮތް މައްސަލައިގައި އަލުން ޝަރީއަތުގެ މަރުހަލާއަށް ދާން ނުޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިގަންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ދަށު ކޯޓުން ބަޔާންކޮށްފައިވާއިރު، ހުރިހާ ހެއްކަކަށް ގަނޑުކޮށް އެއް ސަބަބެއް އޮތުމުން އެ ސަބަބު ބަލައިނުގަނެވޭ ކަމަށް ފަނޑިޔާރު ނިންމަވާފައިވެ އެވެ. ކޮންމެ ހެއްކަކީ ދައުވާގެ ވާގިޔާތަކާ ކިހާ މިންވަރަކަށް ގުޅުން އޮތް ހެއްކެއްތޯ ބަލައި ސަބަބު ވަކިވަކިން ބަޔާން ކުރާންވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.އެހެންވެ، ހައިކޯޓުން މައްސަލައިގެ ހުކުމަށް ވާސިލްވި ސަބަބުތައް ބާތިލްކުރަން ނިންމާފަ އެވެ. ހެކިތައް ހާމަކުރުމަށް ޔާމީންގެ ހުށަހެޅުއްވި ހުށަހެޅުން ވެސް ބަލައިނުގަންނަން ނިންމާފައިވެ އެވެ. ޔާމީންގެ ފަރާތްޕުޅުން ހާމަކުރަން އެދިފައިވާ ތަހުގީގީ ބަޔާންތަކަކީ ރެކޯޑު ކުރެވިފައިވާ ބަޔާންތަކެއް ނޫން ކަމަށް ދައުލަތުން ބުނެފައިވެ އެވެ. ހުމުގައި ފަނޑިޔާރު ބަޔާންކުރައްވާފައި ވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހާމަކުރަން ޖެހޭނީ ތަހުގީގީ އިދާރާތަކުގައި ހުންނަ މައުލޫމާތުތައް އެކަނި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސުޕްރީމް ކޯޓުން ވެސް ރައީސް ޔާމީނަށް ނާކާމިޔާބު، އަދީބުގެ ހެކިބަސް ބަލައިގަނެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ