ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް މިސަރުކާރުން ބޮޑު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވިދާލުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ، "ވީނިއުސް"އާ ވާހަދައްކަވަމުންނެވެ.
މެމްބަރު ޝިޔާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް، މިހިނގާ ދައުރުގައި އެކަން ނުކުރާނެ ކަމަށެވެ. 2018 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންފި ނަމަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ބޮޑުކުރާނެ ކަމަށް ޝިޔާމް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވައުދުވެވަޑައިގެންނެވިއެވެ. ޝިޔާމް ވިދާޅުވާ ގޮތުގައި ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ނަމަ ވިދާޅުވި ގޮތަށް އެވައުދުފުޅު ފުއްދެވީހެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ފަރާތުންދޭ އެލަވަންސް، މި އަހަރުގެ ޖޫން މަހުން ފެށިގެން ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެފައި ވެއެވެ. ރައީސް މިކަން ހާމަކުރެއްވީ، މި އަހަރަށް ރައްޔިތުންގެ މަޖިލީސް ފެށުމަށް ބޭއްވި ޖަލްސާގައި، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސް ޞާލިޙް މިކަން ހާމަކުރެއްވިއިރު، 2023 ވަނަ އަހަރަށް ދައުލަތުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެލަވަންސް ބޮޑުކުރަން ހިމަނާފައިވެއެވެ. ފާސްކޮށްފައިވާ މި އަހަރުގެ ބަޖެޓުގެ ގޮތުގައި 42.8 ބިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، އޭގެ ތެރެއިން 341 މިލިއަން ރުފިޔާ އަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ދިނުމަށް ހިމަނާފައިވާ އަދަދެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެލަވަންސް ބޮޑުކުރަން ނިންމާފައިވާކަން ރައީސް ޞާލިޙް ހާމަކުރައްވާފައިވާއިރު، މި އެލަވަންސް ބޮޑުކުރުމަށް ގޮވާލާ 2021 ވަނަ އަހަރުގެ ފަހުކޮޅު، ރައީސް އޮފީހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވެއެވެ.
މިކަމަކީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވައުދުޅެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް މިސަރުކާރުން ބޮޑެއް ނުކުރާނެ: މެމްބަރު ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ