މީޓަރު ރީޑިން ނުނަގައި ކަރަންޓް ބިލު ނުހަދާނެ ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ދީފި

މީޓަރު ރީޑިން ނުނަގައި ކަރަންޓް ބިލުތައް ބޮޑުކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށް، އެގޮތަށް ކަންތައް ނުކުރާނެ ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ދީފި އެވެ.
ސްޓެލްކޯ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މީޓަރު ރީޑިން ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާ ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރަކީ ދޮގެއް ކަމަށެވެ. އެ ހަބަރަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު، ދޮގު މައުލޫމާތު ހިމަނައިގެން އެ ކުންފުންޏާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ހަބަރެއް ކަމަށް ބުންޏެވެ.
"މި ކުންފުނިން ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށެވެ. މީޓަރުގެ ރީޑިން ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރަށް ކަމުގައި ދެންނެވީމެވެ،" އެ ބަޔާނުގައިވެ އެވެ.
‎ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމްލަ އަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެ ކަމަށާއި އެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު ފެންނަން ހުންނާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ ކޮވިޑް-19 ގެ ހާއްސަ ހާލަތުގައި މީޓަރުގެ ރީޑިން ނެގުމަށް އެ ކުންފުނިން އަމަލުކުރަމުން އައި ގޮތް 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުސޫލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
Male' gai miadhu current beynun kuree record minvarakah
The most trusted news source in the Maldives
Mihaaru
ކޮވިޑް-19ގެ ހާއްސަ ހާލަތުގައި ކަރަންޓު ރީޑިން ނެގުމަށް އަމަލުކުރި އުސޫލަށް މިހާރު ވެސް ރީޑިން ނަގާ ކަމަށް ހަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަގީގަތަށް ވާސިލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ސްޓެލްކޯއިން ތުހުމަތުކުރެ އެވެ.
‎ރާއްޖޭގެ ފިނިހޫނުމިން ފެބްރުއަރީ އިން ފެށިގެން މެއި މަހާ ހަމައަށް މައްޗަށް ދާކަން ތަފާސްހިސާބުތަކުން އެނގޭ ކަމަށާއި އެކަމާ ގުޅިގެން ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ހޫނު މޫސުމުގައި އާންމުން ހޭލުންތެރިކުރުވައި ތަކުރާރުކޮށް ކަރަންޓު އިގްތިސާދު ކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ބުންޏެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މި ދުވަސްވަރު ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބިލު ބޮޑުވުން އެކަށީގެންވެ އެވެ. އަދި މިދިޔަ މަހު ބިލުތަކަށް، ކޮންމެ ބިލަކަށް 500ރ. އިތުރުވުން އެކަށީގެންވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ