ލޯބިވެރިޔާ ކަމަށް ބުނާ އަންހެނަކަށް އަނިޔާކުރި މީހާ ދޫކޮށްލައިފި

ލޯބިވެރިޔާއަށް އަނިޔާ ކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވާ، ގދ.މަޑަވެއްޔަށް ނިސްބަތްވާ ފިރިހެން މީހާ، ގޭ ބަންދުން ވީއްލައި، ދޫކޮށްލައިފިއެވެ.
އެ ފިރިހެންމީހާ، އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ އަންހެންމީހާއަށް އަނިޔާ ކުރި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ މަހުގެ 21 ގައެވެ. އޭނާ ހައްޔަރު ކުރުމުން، ކޯޓުން ވަނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަންގައިފައެވެ.
ބަންދުގެ މުއްދަތު ރިވިޔު ކުރަން އޭނާ ކޯޓަށް ގެންދިޔުމުން، ދޫކޮށްލި ސަބަބެއް ސާފެއް ނޫނެވެ.
މި މައްސަލައިގައި ހިމެނޭ އުމުރުން 34 އަހަރުގެ ފިރިހެންމީހާ، އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ އުމުރުން 30އަހަރުގެ އަންހެންމީހާ، މަޑަވެލީގެ މަގުމަތީގައި ދަމަމުން އަނިޔާ ކުރަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯ، މިދިޔަ މަހުގައި ވަނީ އާންމުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ