އެޗްޑީސީން ބުނީ ކޯޕަރޭޝަންގެ މުވައްޒަފަކު، އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަ ކުރެވުނު ހިސާބުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ
އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް އެ ފައިސާ ނެގި އެޗްޑީސީގެ މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފި އެވެ.
އެޗްޑީސީން ވަނީ އެކަން ޔަގީން ކޮށްދީފައެވެ. އެޗްޑީސީން ބުނީ ކޯޕަރޭޝަންގެ މުވައްޒަފަކު، އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަ ކުރެވުނު ހިސާބުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި އެކަން ކުރިކަން އެ މުވައްޒިފު އިއުތިރާފުވެފައިވާ ކަމަށެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް ބުންޏެވެ."މި އަމަލު ހިންގިކަން ފާހަގަ ކުރެވުނީ މި ކޯޕަރޭޝަންގެ އިންޓާނަލް ކޮންޓްރޯލްތަކުގެ ތެރެއިން ރިކޮންސައިލް ކުރަން ޖެހޭ ފައިސާގައި މައްސަލަތަކެއް ހުރުމުން ކަން ފާހަގަކުރަމެވެ. އަދި ކައުންޓަރުގައި ހަރުކުރެވިފައިވާ ސީސީޓީވީ ކެމެރާއަށްވެސް މި މުވައްޒަފުގެ އަމަލު ވަނީ ރެކޯޑް ކުރެވިފައެވެ. އަދި ދަންނަވަމެވެ. މި މައްސަލާގައި މި ކޯޕަރޭޝަންގެ ތިޖޫރީއިން ފައިސާ ވަގަށް ނަގާފައެއް ނުވެއެވެ،" އެޗްޑީސީން ބުންޏެވެ.އެޗްޑީސީން ބުނި ގޮތުގައި ކޯޕަރޭޝަންގެ ތިޖޫރީއިން ފައިސާ ނެގުމުގެ ފުރުސަތު އެއްވެސް މުވައްޒަފަކަށް ލިބިފައި ނުވާނެ ކަމަށެވެ. އަދި އެޗްޑީސީގައި ގާއިމް ކުރެވިފައިވާ އިންޓާނަލް ކޮންޓްރޯލް އަދި އިންޓާނަލް އޮޑިޓް އުސޫލުތަކުގެ ތެރެއިން މިފަދަ އަމަލުތަކަށް ޖާގައެއް ނުލިބޭނެ ކަމަށެވެ. ކުލީގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަވެސް ސަމާލުކަމަށް އައިސްފައިވަނީ މި ކޮންޓްރޯލްތައް ގާއިމްކުރެވިފައިވާތީ ކަމަށްވެސް އެޗްޑީސީން ބުންޏެވެ."މި އަމަލަކީ އެންމެ ހަރުކަށި އިބާރާތުން މި ކޯޕަރޭޝަނުން ކުށްވެރި ކުރާ އަމަލެއްކަން ފާހަގަކޮށް އަދި މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަމެވެ،" އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް އެ ފައިސާ ނެގި އެޗްޑީސީގެ މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިވާއިރު އާންމު ފަރާތަކަށް އޮޅުވާލައިގެން ކ. ތިލަފުށިން ބިމެއް ވިއްކަން ކަމަށް ބުނެ ރިޝްވަތު ނެގި އެޗްޑީސީގެ މުވައްޒިފަކު ސަސްޕެންޑްކޮށް މައްސަލަ ބަލަމުން ދަނިކޮށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
    
    ކުއްޔަށް ދެއްކި ފައިސާ ނެގި އެޗްޑީސީގެ މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            