ގައުމެއްގެ ކުރިއެރުމާއި ތަރައްގީގެ އަސްލަކީ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލް ރައްކާތެރިކަމާއެކު އޮތުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހދ. ނޮޅިވަރަންފަރަށް ވަޑައިގެން ޖޭޕީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ޖިއޯ ޕޮލިޓިކްސްގެ ސަބަބުން ރާއްޖެ މިހާރު މިއޮތީ ހަތަރެސްކަން ގޯޅިއެއްގެ މެދަށް އައިސް ތާށިވެފައި ކަމަށެވެ.
މީގެ އިތުރުން ގައުމެއްގެ ކުރިއެރުމާއި ތަރައްގީގެ އަސްލަކީ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލް ރައްކާތެރިކަމާއެކު އޮތުން ކަމަށާއި އެމިނިވަންކަން މިހާރު ރާއްޖޭގައި ނެތް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ރަށްރަށުގައި މިސްކިތް އަޅައިދިނުމާއި، މަގުތައް ތަރައްގީ ކުރުމާއި ޓޫރިޒަމް ދާއިރާ ކުރިއަރުވަން މަސައްކަތް ކުރުމަކީ އެމަނިކުފާނުގެ ވައުދުތަކުގެ ތެރެއިން ވައުދުތައް ކަމަށާއި ސަރުކާރުގެ ދެ އަހަރު ނިމިގެންދާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ހިނަވާ ގެއެއް އަޅައިދޭނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރަށްތަކުގެ ބަނދަރުމަތީގައި ތިނެއް ނުވަތަ ހަތަރު ފާޚާނާބަރި ހަދައިދޭނެ ކަމަށާއި ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ނަމާދުކޮށްލަން ކޮންމެ ރަށެއްގެ ބަނދަރުމަތީގައި ރީތި މިސްކިތެއް އަޅައި ދެއްވާނެ ކަމަށެވެ.
ގައުމެއްގެ ކުރިއެރުމާއި ތަރައްގީގެ އަސްލަކީ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލް ރައްކާތެރިކަމާއެކު އޮތުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ