ވަކިކޮށްފައި ވަނީ އަންހެނަކާ ދިމާލަށް މަގުމަތީގައި ހުރެ އާންމު އަހުލާގީ މިންގަނޑާ ހިލާފު ހަޑި ހުތުރު އެއްޗެހިތަކެއް ގޮވި މައްސަލައެއްގަ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިން މެޖިސްޓްރޭޓްކަން ކުރެއްވި އެރަށު ގާކުރެލި، އިބްރާހިމް ރަޝީދު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން މިއަދު އޭނާގެ ވަނަވަރާއެކު ހޯދަން އިއުލާނުކޮށްފައި ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ. އޭނާ ހޯދަނީ އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ މައްސަލައެއްގަ އެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ކޯޓުން އަންގާފައި ވަނީ މި ހަފްތާގެ ބުދަ ދުވަހު އެވެ. ފުލުހުން ވަނީ އެ އިއުލާނުގައި އިބްރާހިމް ރަޝީދާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު، 9991442 އަށް ގުޅައިގެން މައުލޫމާތު ދިނުމަށް އަންގާފަ އެވެ.އިބްރާހިމް ރަޝީދު ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަކިކޮށްފައި ވަނީ ޖޫން 24، 2019 ގަ އެވެ. އޭނާ ވަކިކޮށްފައި ވަނީ އަންހެނަކާ ދިމާލަށް މަގުމަތީގައި ހުރެ އާންމު އަހުލާގީ މިންގަނޑާ ހިލާފު ހަޑި ހުތުރު އެއްޗެހިތަކެއް ގޮވި މައްސަލައެއްގަ އެވެ. އެ މައްސަލައާ ގުޅިގެން ޖޭއެސްސީން ވަނީ މެއި 30، 2016 ގައި އޭނާ ސަސްޕެންޑް ވެސް ކޮށްފަ އެވެ.އޭނާ ވަކިކުރީ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ފޮނުވައިގެންނެވެ. އެއީ ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮނުވި ފުރަަތަމަ ފަހަރެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޑްރަގް މައްސަލައެއްގައި ތިނަދޫ ކޯޓުގެ ކުރީގެ ގާޒީ ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ