އަރަބި އިސްލާމީ ތައުލީމު ރާއްޖެއަށް ވަރަށް މުހިންމު ކަަމަށް ވިދާޅުވެ އަރަބިއްޔާ ސުކޫލުގެ މައްސަލާގައި ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ވާހަކަފުޅު ދައްކަވައިފި އެވެ.
ރައީސް މައުމޫން މިއަދު ވަނީ އަރަބިއްޔާ ސުކޫލުގެ ޕީޓީއޭގެ މެންބަރުންނާއި މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އެކަން ހާމަކުރައްވާ އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ބޭނުންވާ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާ ކަމަށް ޕީޓީއޭގެ މެންބަރުން ވިދާޅުވި ކަމަށާ އެކަމާ އުފާކުރައްވާ ކަމަށެވެ.
އަދި ވިދާޅުވީ އަރަބި އިސްލާމީ ތައުލީމު ރާއްޖެއަށް ވަރަށް މުހިންމު ކަމަށެވެ.
އަރަބި އިސްލާމީ ތައުލީމު ރާއްޖެއަށް ވަރަށް މުހިންމު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ