ޑަބްލިއުޑީސީގެ ތިން ދާއިރާގެ ބައި އިލެކްޝަނަށް ހުޅުވާލައިފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ތިން ބައި-އިލެކްޝަންސް ބޭއްވުމަށް ނިންމާ އިންތިހާބުގައި ކުރިމަތިލުމަށް ހުޅުވާލައިިފިއެވެ.
ކުރިއަށް އޮތް ޖުލައި މަހުގެ 23 ވަނަ ދުވަހު އިންތިހާބު ބާއްވަނީ އައްޑޫ ސިޓީ ހިތަދޫ ދާއިރާ، ރ. އިންނަމާދޫ އަދި ތ. ވަންދޫ ދާއިރާގައެވެ.
އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންވާ މެމްބަރުން އެކަމަށް އެދި ސިޓީ އަކާއެކު އައިޑީ ކާޑުގެ ސާފު ކޮޕީއެއް 6 ޖޫންގެ ކުރިން އެޕާޓީއަށް ފޮނުވުމަށް ވަނީ އަންގާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ޖުލައި މަހުގެ ދެވަނަ ދުވަހުވެސް ފަސް ރަށެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންސް ބޭއްވުމަށް ނިންމާ އެ ފުރުސަތު އީސީން ވަނީ ހުޅުވާލާފައެވެ. މީގެއިތުރުންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުލައި މަހުގެ 2 ވަނަ ދުވަހުވެސް 5 ރަށެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހުޅުވާލާފައެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު www.elections.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ