އިންތި ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ޗިޓް ހަވާލުކޮށްފިއެވެ.އިންތިއަށް އަންގާފައިވަނީ މާދަމާގެ 8:30 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހާޒިރު ވުމަށެވެ. އަދި ކޯޓަށް ހާޒިރުކުރަނީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް ކަމަށް އަމުރުގައި ވަނީ ބުނެފައެވެ. އިންތިއަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމާ ގުޅޭގޮތުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ ބޭފުޅެކެވެ. އިންތި ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވާއިރު، ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވެގެން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ގާނޫނީ ވަކީލް މޫސާ ސިރާޖު ވެސް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ ކުރިން ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންވެސް އެމައްސަލައިގައި ސަސްޕެންޑް ވެސް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ