ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ހައިކޯޓުން ނެރުނު ވަގުތީ އަމުރަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފި އެވެ.
ތަފާތު އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން އަމުރުކުރީ މިދިޔަ ޖެނުއަރީ މަހު 28 ގައެވެ. ނަމަވެސް އަދީބު އޭރު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ ހައި ކޯޓުގެ އަމުރު ދައުލަތުން އިސްތިއުނާފު ކުރުމުންނެވެ. އޭރު ސިވިލްކޯޓުން ނިންމާފައިވަނީ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އަމަލުކުރަންޖެހޭ އިޖުރާތުތައް ފުރިހަމަކޮށްފައިނުވާތީ އެ މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށެވެ.
ހައިކޯޓްގެ އެ އަމުރު ތަންފީޒު ކުރުމަށް އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަމުރުކުރާކަމަށްވެސް ސުޕްރީމްކޯޓްގެ އަމުރުގައިވެއެވެ. ސުޕްރީމްކޯޓްގެ އެ އަމުރާއި އެކު އަމުރު ނެރުނުތާ ދެ ގަޑިރެއްހާއިރު ތެރޭގައި އަދީބުވަނީ އަލުން ޖަލަށް ބަދަލުކޮށްފައެވެ.
އެ މައްސަލަ ނިންމާ ސުޕްރީމްކޯޓުން މިއަދު ކުރި ހުކުމްގައި އެކޯޓުން ވަނީ ހައިކޯޓްގެ ނިންމުމަށް ތާއީދުކޮށްފައެވެ. އަދި އެހުކުމުގައި ބުނެފައިވަނީ އަދީބުގެ ސިއްހީ ހާލަތު ހުރިގޮތުން އަދީބު ގޭ ބަންދަށް ބަދަލުކުރަންޖެހޭކަމަށެވެ. އަދީބު ގޭބަންދަށް ބަދަލުކުރުމަށް ސުޕްރީމްކޯޓުން ތާއިދުކޮށްފައިވާއިރު ސިއްހީ ސަބަބުތަކަށްޓައި އަދީބު މިހާރުވެސް ހުންނެވީ ގޭ ބަންދުގައެވެ.
2015 އަހަރުގެ މޭޑޭ އާ ދިމާކޮށް އަދީބު ފިސްތޯލައެއް ގެންގުޅުއްވި މައްސަލައިގެ އިތުރުން ޓެރަރިޒަމްގެ އެހެން ދައުވާއެއްވެސް ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވެއެވެ. އެއީ 2015 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން މާލެ ވަޑައިގެންނެވި މަގުމަތީގައި ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅު 'ފިނިފެންމާ' ގައި އެއްޗެއް ގޮއްވާލި މައްސަލައެވެ.
އަދީބު ގޭ ބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ