އެސްޓީއޯއިން ހިއްސާއަކަށް 58 ރުފިޔާ ބަހަން ނިންމައިފި

އެސްޓީއޯއިން މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބަހަން އެ ކުންފުނިން ނިންމައިފި އެވެ.
އެސްޓީއޯގެ ޑިރެކްޓަރުގެ ބޯޓުން މިގޮތަށް ނިންމީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މެއި 30 ވަނަ ދުވަހު އެވެ.
މިދިޔަ އަހަރުގެ ހަތަރު ކުރާޓާގައި ވެސް އެކުންފުންޏަށް ވަނީ ފައިދާވެފަ އެވެ.
2018 ވަނަ އަހަރުގެ ހަތަރު ކުއާޓަރުގެ ފައިދާ
ފުރަތަމަ ކުއާޓަރު: 46 މިލިއަން ރުފިޔާގެ ފައިދާ
ދެވަނަ ކުއާޓަރު: 47 މިލިއަން ރުފިޔާގެ ފައިދާ
ތިންވަނަ ކުއާޓަރު: 47 މިލިއަން ރުފިޔާގެ ފައިދާ
ހަތަރުވަނަ ކުއާޓަރު: 65 މިލިއަން ރުފިޔާގެ ފައިދާ
ރާއްޖޭގައި ތެލާއި ގޭހާއި ސިމެންތި ފަދަ ބާވަތްތަކުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެސްޓީއޯގެ އާ މެނޭޖްމަންޓުން މިހާރު ވަނީ މާލީ ގޮތުން ވަރުގަދަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ. އެގޮތުން ހުޅުމާލޭގައި ހަދަން ފަށާފައިވާ ފައިވް ސްޓާ ހޮޓާ ވިއްކާލުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ