28އަހަރު ވަންދެން ކޯމާގައި އޮތް މުނީރާ ހޭއަރައިފި

އެކްސިޑެންޓަކަށްފަހު 29 އަހަރުވަންދެން ކޯމާގައި އޮތް އަންހެނަކު ހޭއަރައިފިއެވެ.
ޔޫއޭއީއަށް ނިސްބަތްވާ އެ އަންހެން މީހާ ހޭއަރާފައި ވަނީ ޖަރުމަނުގެ ހޮސްޕިޓަލެއްގައި އޮއްވާ މިދިޔަ އަހަރު ތެރޭގައެވެ. އެހެން ނަމަވެސް އޭނާގެ ވާހަކަތައް ޔޫއޭއީގެ ނޫސްތަކުގައި ގެނެސް ދޭން ފެށީ މި ހަފްތާ ތެރޭގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، މުނީރާ އަބްދުﷲ ނަމަކަށް ކިޔާ އެ އަންެހެން މީހާއަކީ 1991 ވަނަ އަހަރު ހިނގި އެކްސިޑެންޓަކަށްފަހު ކޯމާއަކަށް ދިޔަ އަންހެނެކެވެ. އޭނާ ކޯމާއަށްދިޔައިރު އުމުރަކީ 31 އަހަރެެވެ. އެއިއިރު އޭނާގެ ދަރިފުޅުގެ އުމުރަކީ ހަތަރު އަހަރެވެ.
އެ އެކްސިޑެންޓް ހިނގީ މުނީރާ އޭނާ ދަރިފުޅު ބަލާ ސްކޫލަށް ގޮސް އެނބުރި ގެއަށް ކާރުގައި ދަނިކޮށެވެ. އެ ހާދިސާ ހިނގި ވަގުތު ކާރުގެ ފަހަތު ސީޓުގައި އިނީ މުނީރާ އާއި އޭނާގެ ދަރިފުޅެވެ. އަދި އޭނާގެ ބޭބެ އިނީ ދުއްވާށެވެ.
އޭނާގެ ދަރިފުޅު އުމަރު ބުނީ، އެކްސިޑެންޓެއް ވާން އުޅުނުކަން މަންމައަށް އެނގުމުން އޭނާގެ ގައިގާ މަންމަ ބަައްދާލި ކަމަށެވެ. މިހާރު 32 އަހަރުވެފައިވާ އުމަރުއަށް އެ ހާދިސާގައި އަނިޔާއެއް ވެފައެއް ނުވެއެވެ.
އުމަރު ބުނީ، އޭނާ ދުވަހަކުވެސް ނަންމަގެ ހަނދާންތަކާއި ދުރަށް ނުދާ ކަމަށެވެ. އަދި މަންމަ ދޫކޮށްލަންވެސް ބޭނުންނުވާތީ ހޮސްޕިޓަލަށްވެސް ގޮސް ހަދާ ކަމަށް އޭނާ ބުންޏެވެ. އަދި މިގޮތަށް އަހަރުތަކެއް ހޭދަކުރިއެވެ.
މިގޮތަށް ދުވަސްތައް ހޭދަވަމުން ގޮސް އެއް ދުވަހެއްގައި ހޮސްޕިޓްލްގަައި މަންމަ އޮތް ކޮޓަރީގައި އުމަރު ޒުވާބު ކުރަމުން ދަނިކޮށް މަންމަ ހޭއަރާ އާއިލާ މީހުންގެ ނަންތަކާއި، ދުއާތައް ކިޔަން ފެށިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިހާރުވެސް މުނީރާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ