އަލިފުށީ ދާއިރާގެ ގޮނޑި ޕީޕީއެމަށް

ރ.އަތޮޅު ކައުންސިލުން ހުސްވެފައިވާ އަލިފުށީ ދާއިރާގެ ގޮނޑި، ޕީޕީއެމްގެ ކެނޑިޑޭޓް އިބްރާހިމް މަހީޝް ކާމިޔާބުކޮށްފިއެވެ.
މިއަދު ބޭއްވި ބައި އިލެކްޝަންގައި ޖުމްލަ 4 ކެނޑިޑޭޓުން ވާދަކުރިއިރު، މަހީޝްވަނީ 883 ވޯޓު ހޯދާފައެވެ. މަހީޝްއާއި އެންމެ ގާތުން ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް މުއުމިނާ އީސާފުޅަށް 827 ވޯޓު ލިބިފައިވާއިރު، ޑީއާރުޕީގެ ކެނޑިޑޭޓް އަބްދުﷲ ޝިނާނަށް ލިބިފައިވަނީ 274 ވޯޓެވެ. މި ދާއިރާއަށް ދެން ވާދަކުރި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ނާޝިފަށް ލިބުނީ 4 ވޯޓެވެ.
ރ. އަތޮޅު ކައުންސިލްގެ އަލިފުށީ ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި އަށް ހޮވުނު އެމްޑީޕީގެ މެމްބަރު މުހައްމަދު ޔޫސުފް އަމިއްލަ ސަބަބުތަކަކަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އާބާދީގައި 2500 އަށް ވުރެ ގިނަ މީހުން ހިމެނޭ އަލިފުށީ ދާއިރާގެ ބައި އިލެކްޝަނުގައި އެ ރަށުން ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ ގާތްގަނޑަކަށް 1600 މީހުންނަށެވެ.
މ. އަތޮޅު ރަތްމަންދޫއިން ހުސްވެފައިވާ ކައުންސިލް ގޮނޑިއަށް މެމްބަރު އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލި މުހައްމަދު ރާމިޒު މި ގޮނޑި ކާމިޔާބުކުރީ 75 ހޯދައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 53.96 ޕަސަންޓެވެ.އޭނާ އާ ވާދަކުރި ޑީއާރްޕީގެ ކެންޑިޑޭޓް ފާތިމަތު ލިއުޝާ އަށް ލިބުނީ 64 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 46.04 ޕަސެންޓް ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ