ޖެނުއަރީ މަސް ފެށިގެން ދާއިރުވެސް، ބަޖެޓްގައި ކާޑުގެ ސަބްސިޑީސްއަށް ފާސްކުރި ފައިސާ ހަރަދުކުރަން ފަށާފައި ނުވާކަމަށާއި ކާޑުގެ ސަބްސިޑީސް ނުދޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޤަފޫރު މޫސާ ވިދާޅު ވެއްޖެއެވެ.
ރާއްޖެޓީވީގައި މިރޭ ވާހަކަ ދައްކަވަމުން ޤަފޫރު ވިދާޅުވީ ކާޑުގެ ސަބްސިޑީސް ދިނުމަށް ބަޖެޓްކޮށް، މަޖިލީހުން ބަޖެޓް ފާސްކޮށްފައިވާ ކަމުގައެވެ. އެހެންކަމުން އަހަރު ފެށޭއިރު ސަބްސިޑީސް ލިބެން ޖެހޭނެ ކަމަށާއި ނަމަވެސް އަދި ސަބްސިޑީސް ދޭން ފަށާފައި ނުވާ ކަމުގައެވެ.
ޤަފޫރު ވިދާޅުވީ އެ ސަބްސިޑީސް ދޭނެކަމަށް ބެލެވެނީ އިންތިހާބަށް ދިހަވަރަކަށް ދުވަހަށް ވުމުން ކަމުގައެވެ.
މީގެ އިތުރުންވެސް ގަފޫރު މިރޭވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އަންނަ ރިޔާސީ އިންތިހާބުގައި މި ސަރުކާރަށް ވޯޓް ދީފިނަމަ ރައްޔިތުން ހޯދާ ނުފެންނާނެ ކަމަށާއި މި ސަރުކާރުގެ އަނިޔާވެރިކަން އެހާވެސް ބޮޑުކަމަށް ގަފޫރު ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ގަފޫރު ނެންގެވީ މި ސަރުކާރުން ރައީސް މައުމޫނާއި ރައީސް މައުމޫނުގެ އާއިލާއާއިމެދު ކަންކުރަމުންދާ ގޮތެވެ. ޤަފޫރު ވިދާޅުވީ ރައީސް މައުމޫނު ނިކުމެވަޑައިގެން ވެރިކަން ހޯދައި ދިނުމުން ރައީސް މައުމޫނަށް އެ ހާލު ޖައްސާއިރު ރައްޔިތުންނަށް ކޮންމެ ފަދަކަމެއް ކުރުމަށްވެސް ސަރުކާރުން ފަސް ނުޖެހޭނެ ކަމުގައެވެ.
ޖެނުއަރީ ފެށިއްޖެ، ކާޑުގެ ސަބްސިޑީސް އެއް ނުދޭ: މެމްބަރު ޤަފޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ