މެމްބަރު ޝަހުދީގެ ގޮނޑިވެސް ގެއްލިއްޖެ

ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ ޕީޕީއެމް އިން ވަކިކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވެއްޖެއެވެ.
ޝަހުދީ މިއަދު ޕީޕީއެމް އިން ވަކިކޮށްފައިވާކަން އެޕާޓީން ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އޭނާގެ މެންބަރުކަން ގެއްލުނު ކަން އިލެކްޝަންސް ކޮމިޝަނުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. ޝަހުދީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް މިއަދު ޕީޕީއެމް އިން ވަކި ކޮށްފައިވާކަން ޕީޕީއެމް އިން ވަނީ އިއުލާން ކޮށްފައެވެ. އެހެންކަމުން މުހައްމާގެ ގޮނޑި ވެސް ވަނީ ގެއްލިފައެވެ.
ޕީޕީއެމްއިން ބުނީ ޝަހުދީ އާއި މުހައްމާ އެޕާޓީން ވަކިކުރީ ޕާޓީގެ އުސޫލުތަކާ ހިލާފަށް ދެބޭފުޅުން އަމަލުކުރި މައްސަލަ ސުލޫކީ ކޮމިޓީ އިން ބެލުމަށް ފަހުގައި އެ ކޮމިޓީގެ އިއްތިފާގުން ކަމަށެވެ. ދެބޭފުޅުން ޕީޕީއެމް އިން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނަށް އަންގާނެ ކަމަށް ޕީޕީއެމް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ