ރައްޔިތުން ތިބީ ރައީސް ޔާމީނަށް ނޫނެކޭ ބުނަން ތައްޔާރަށް ކަމަށާއި، އެކަން ވޯޓު ކަރުދާހުން ދައްކާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސަމީރު ވިދާޅުވީ ޕީޕީއެމްއިން ބާއްވާ ޖަލްސާތަކަށް މީހުން ދަނީ ވަޒީފާގެ ބިރަށްޓަކައި ކަމަށެވެ. އަދި ހަގީގަތުގައި އެފަދަ ބިރެއް ނެތް ނަމަ އެ ޖަލްސާތަކަށް މީހުން ދާނީ ވަރަށް މަދުން ކަމަށެވެ.
ސަމީރު ވިދާޅުވީ ހއ. ދިއްދޫގައި ގުޅިފައިވާ ޕާޓިތަކުން ބޭއްވި ޖަލްސާ އޮތް ގަޑީގައި، އެރަށުގެ ސަރުކާރުގެ އިދާރާތަކުން މުވައްޒަފުންނާއެކު ކުއްލި ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެއީ މީހުން ގުޅިފައިވާ ޕާޓީތަކުން ޖަލްސާއަށް ނުފޮނުވުމަށާއި، އެމީހުންނަށް ވަޒީފާގެ ބިރު ދެއްކުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަގަ ދެއްކެވި އެވެ.
މީގެ އިތުރުން އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމެވި ނިންމުމާ ގުޅިގެން ސަމީރު ވިދާޅުވީ ކޮންމެ ބޭފުޅަކަށް ވެސް ކަނޑައެޅިފައި އޮންނަ ގޮތަށް ޖޭޕީއަށް ސޮއި ކުރެވޭނެ ކަމަށެވެ. އަދި އުމަރުގެ ފިކުރު ގުޅިފައިވާ ޕާޓީތަކާ އެއްގޮތް ނުވި ނަމަވެސް ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތައް ހީނަރު ކަމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
"ދަރިފުޅު ވަޒީފާއަށް ދާތީވެ، އޭނަގެ މަންމައާއި ބައްޕަ، އޭނާ ވަޒީފާއިން ކަނޑާލަފާނެތީވެ، އެތަނަށް ނުގޮސްދާނެ. އެކަމަކު އެބޭފުޅުުންގެ ހިތް ވަނީ އިރާދަ ކުރެއްވިއްޔާ، ޕާޓީތަކުގެ ހަރަކާތްތަކާއެކުއޭ. އެހެންވީމަ މި ދެންނެވީ، ރައީސް ޔާމީންއަށް މި ދަންނަވަނީ، އަވަހަށް ކަރުދާސް ކޮޅު ދެއްވާށޭ. ދެއްވިހާ އަވަހަކަށް 2018 ގެ ކުރިންވެސް އެމަނިކުފާނަށް ނޫނެކޭ ބުނަން ރައްޔިތުން މިތިބީ ތައްޔާރަށޭ." ސަމީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސެކްރެޓަރީ ޖެެނެރަލް އަނަސް ވިދާޅުވީ އެ ޕާޓީއިން ބާއްވާ ޖަލްސާތަކުގައި ބޭނުން ކުރާ ސާމާނުތައް ކޯޓު އަމުރުގެ ދަށުން ނަގަމުން އަންނަ ކަމަށެވެ. އަދި އޭނާ ވެސް ވަނީ ޕީޕީއެމް އަދި ރައީސްގެ ޖަލްސާތަކަށް އަންނަން ސަރުކާރުގެ މުވައްސަސާތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް މަޖުބޫރު ކުރާ ކަމަށެވެ.
މީގެ އިތުރުން މީގެ އިތުރުން ޕީޕީއެމްގެ މައުމޫން ސެކްޝަނުގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ މާލޭގައި އެމްޑީޕީ އަދި އިދިކޮޅު ފަރާތްތަކުން ޖަލްސާތައް ބޭއްވުމަށް ހައުސިންން އަށް އެކަމަށް އެދި ސިޓި ފޮނުވާ ކަމަށެވެ. އެހެން ނަމަވެސް ސިޓީއަކަށް ޖަވާބެއް ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސްގެ ޖަލްސާތަކަށް ސިޔާސީ ކަމުގައިވީ ނަމަވެސް އެ ޖަލްސާތައް ބޭއްވުމަށް ތިންވަނަ ފަރާތަކަށް ދީގެން ވެސް ހުއްދަދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅިފައިވާ ޕާޓީތަކުން ވިދާޅުވީ ފ. އަތޮޅުގައި ޖަލްސާތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި މި ޖަލްސާތަކުގުގައި ސަރުކާރަށް ރައްޔިތުން ތާއީދު ނުކުރާކަން ހާމަވެގެންދާނެ ކަމަށެވެ. އަދި މި ޖަލްސާތަކުގައި އިލްމީ ދިވެހި ޒުވާނުންނަށް ސަރުކާރުގެ ހަގީގަތާ މެދު ވިސްނައިދެވޭނެ ކަމަށް ވަނީ ވިދާޅުވެ ފައެވެ.
ރައްޔިތުން ތިބީ ރައީސް ޔާމީންއަށް ނޫނެކޭ ބުނަން ތައްޔާރަށް - ގުޅިފައިވާ ޕާޓީތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ