“މަރުގެ އަދަބާ ދެކޮޅަށް” ކުރިއަށްދާ ބައިނަލްއަގުވާމީ ކޮންގްރެސްގައި ޑރ. ޝަހީދު ބައިވެރިވެއްޖެ

“މަރުގެ އަދަބާ ދެކޮޅަށް” ކުރިއަށްދާ ބައިނަލްއަގުވާމީ ކޮންގްރެސްގައި ޑރ. އަޙްމަދު ޝަހީދު ބައިވެރިވެއްޖެ އެވެ.ޖޫން 12 އިން 15 އަށް ސްޕޭނުގައި ކުރިއަށްދާ ބައިނަލްއަގުވާމީ މިކޮންގްރެސްގައި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޝަހީދު ބައިވެރިވެފައިވާކަމަށް ކޮންގްރެސްއާއި ބެހޭ މައުލޫމާތު ގެނެސްދޭ ވެބްސައިޓްގައި ހާމަކޮށްފައިވެއެވެ. އެވެބްސައިޓްގައި ވާ ގޮތުގައި “މަރުގެ އަދަބާ ދެކޮޅަށް” ކުރިއަށްދާ ބައިނަލްއަގުވާމީ ކޮންގްރެސްގެ 13 ޖޫން 2013 ވަނަ ދުވަހުގެ 12:00 އިން 14:00 އަށް އިރާނާއި ބެހޭ ގޮތުން ވާހަކަތައް ކުރިއަށްދިޔަ މޭޒުގައި ޝަހީދު ވަނީ ބައިވެރިވެފަ އެވެ. މިކޮންގްރެސްގައި ޑރ ޝަހީދު ބައިވެރިވެފައިވަނީ “އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބަލައި ތަހުގީގުކުރުގެ ޒިންމާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ހަވާލުކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން”ކަމަށްވެސް އެސައިޓްގައިވެއެވެ.“މަރުގެ އަދަބާ ދެކޮޅަށް” ކުރިއަށްދާ ބައިނަލްއަގުވާމީ ކޮންގްރެސް ބާއްވަމުންދާ ސްޕޭންގެ މެޑްރިޑްގައި ހުރިކަމަށް ޑރ. ޝަހީދު ވަނީ ޓްވީޓް ކޮށްފަ އެވެ. މީގެ އިތުރުން އިރާންގެ އިންތިހާބާ ބެހޭ ގޮތުން އޭއެފްޕީއަށް ދީފައިވާ އިންޓަވިއުއަކީ “މަރުގެ އަދަބާ ދެކޮޅަށް ސްޕޭނުގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ކޮންގްރެސްގެ ތެރޭގައި ދީފައިވާ އިންޓަވިއުއެއް”ކަމަށް އޭއެފްޕީގައި ހާމަކޮށްފައިވެ އެވެ.“މަރުގެ އަދަބާ ދެކޮޅަށް” ކުރިއަށްދާ ބައިނަލްއަގުވާމީ ކޮންގްރެސް ފުރަތަމަ ބާއްވާފައިވަނީ 2001 ވަނަ އަހަރުގައެވެ. މިކޮންގްރެސްގެ މައިގަނޑު މަޤްސަދަކީ މަރުގެ އަދަބާއި ދެކޮޅު ހަދާ ސިޔާސީ މީހުން މެދުވެރިކޮށް މަރުގެ އަދަބު ދިނުން ހުއްޓުވުމެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި މަރުގެ އަދަބު ދެމުން އަންނަ އަންނާތީ އެކަމާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށް މަރުގެ އަދަބާއި ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ހޭލުންތެރިކަން އިތުރު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ