ވަގަށް ނަގާފައިވާ ކަރަންޓް ނަރުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ނަރުތަކެއް ހޯދައި ދެމީހަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ހުޅުމާލެ ފުލެޓަކުން ކަރަންޓު ނަރުތަކެއް ވަގަށް ނަގާފައިވާކަމަށް ބުނެ މި މަހުގެ  ދެވަނަ ދުވަހުގެ 23:30 ހާއިރު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން  އެރޭގެ 00:05 ހާއިރު ހުޅުމާލެ ބީޗް ސަރަޙައްދުގައި ހުރި ހޮޓަލެއްގެ ކުރިމަތިން ގޯންޏެއް ހިފައިގެން ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ވަގަށް ނަގާފައިވާ ނަރުތައް ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސް އެވަގުތު އޭނާ ގެންގުޅުނު ގޯނި ބަލައިފާސްކުރިއިރު އޭގެ ތެރެއިންނެވެ. އެގޯނި ބަލައިފާސްކުރިއިރު އޭގެތެރެއިން ކަރަންޓް ވައިރު 9 ރޯލު ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން ވަނީ ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ