ޖަނަރޭޓަރު ރަނގަޅުކޮށް ނ. މަނަދޫއަށް ކަރަންޓްދޭން ފަށައިފިއެވެ.
ވަގުތަށް މައުލޫމާތުދެއްވަމުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ މެންދުރު ފަހުންފެށިގެން ރަަށުގެ އެކި ހިސާބުތަކުން އެކި ވަގުތު ތަކުގައި ކަރަންޓް ކަނޑަމުން ދެމުންދާކަމަށާއި، އެހެންނަމަވެސް ރޭ ޖަނަރޭޓަރު ރަނގަޅުކޮށް މުޅި ރަށަށް ކަރަންޓް ލިބިފައިވާކަމަށެވެ.
މަނަދޫ ކައުންސިލްގެ ރައީސް ރޭ ވިދާޅުވީ އެ ޖެނެރޭޓަރ ހަލާކުވީ 4 މަސްވަންދެން ނިއްވާނުލައި އަދި ސާވިސްވެސް ނުދީ ބޭނުންކުރުމުގެ ސަބަބުންކަމަށެވެ.
މަނަދޫ ކައުންސިލުން ވަނީ ކަރަންޓުގެ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް އަދި މަނަދޫ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތްކޮށްދިނުމުގެ ޒިންމާ ނަގަންޖެހޭ ނ.އެޓޯލް ފެނަކާ ރީޖަނަލް އޮފީސް އަދި ފެނަކަ ކޯޕަރެޝަންއިން އެކަމުގެ ޒިންމާނަގަމުންނުދާކަން ފާހަގަކުރައްވާފައެވެ.
އަދި އެކަމާއި ގުޅިގެން ކައުންސިލުން މިދިޔަ އޭޕްރީލް މަހުގެ 11 ވަަނަ ދުވަހު ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ވަނީ މަނަދޫގައި މިވަގުތު ކަރަންޓުގެ ހާލަތާއި މެދު ބޮޑު ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރާކަމަށާއި، އެ ރަށުގެ ކަރަންޓުގެ މިއަދުގެ ހާލަތަށް ބަލާއިރު ކަރަންޓު ދެމުން ގެންދަނީ ދެ އިންޖީނު ބޭނުންކޮށްގެން ކަމަށް ބުނެފައެވެ. އަދި އެއީ 400 ކިލޯވޯޓްގެ އިންޖީނަކާއި އަދި 260 ކިލޯވޯޓްގެ އިންޖީނެއްކަމަށް އެ ބަޔާނުގައިވެއެވެ.
ޖަނަރޭޓަރު ރަނގަޅުކޮށް މަނަދޫއަށް ކަރަންޓް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ