36 ޓީމާއެކު އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށައިފި

ދެވަނަ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް މިއަދު ފަށައިފި އެވެ.
ޖުމްލަ 10 ސްކޫލަކުން 36 ޓީމު ބައިވެރިވި މި މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ މާފުށީ ސްކޫލް، ރެހެންދި ސްކޫލް، ދަރުމަވަންތަ ސްކޫލް، މަޖީދިއްޔާ ސްކޫލް، ކަލާފާނު ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ތާޖުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، އަރަބިއްޔާ ސްކޫލް އަދި އަމީނިއްޔާ ސްކޫލެވެ.
ތިން އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްދާ ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ އުމުރު ފުރާތަކަކީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާ އެވެ. އެގޮތުން 12 އަހަރުން ދަށުގެ ކެޓަގަރީގައި ފިރިހެން 8 ޓީމާއި އަންހެން 8 ޓީމު ވަނީ ބައިވެރިވެފައިވެއެވެ. އަދި 14 އަހަރުން ދަށުގެ ބައިގައި ފިރިހެން 7 ޓީމާއި އަންހެން 5 ޓީމު ބައިވެރިވެފައިވާ އިރު، ސޯޅަ އަހަރުން ދަށުގެ ބައިގައި ބައިވެރިވެފައި ވަނީ ފިރިހެން 6 ޓީމާއި އަންހެން 5 ޓީމް ވާދަކުރެެއެވެ.
މި މުބާރާތް ކުރިއަށްދަނީ ހެންވޭރު ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ