އިންޑިއާ ސިފައިން ރާއްޖެ އައުމަށް ޝަހީދު ގޮވާލައްވައިފި

ރާއްޖޭގައި ޑިމޮކްރަޓިކް ވެރިކަމެއް ގާއިމް ކުރުމަށް އިންޑިއާ ސިފައިން ރާއްޖެ އައުމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ގޮވާލައްވައިފި އެވެ. އދ. އިން އިރާނަށް ކަނޑައަޅުއްވާފައިވާ ހާއްސަ ރެޕަޓުއާގެ މަގާމުވެސް ފުރުއްވާ، ޝަހީދު ދިޔަ ހުކުރު ދުވަހު އާއި މިރޭ ވެސް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ޖެހޭ ކަމަށެވެ. އެއާ އެކު އިންޑިއާ އިން ރާއްޖެ އަށް "އާރުޓޫޕީ" ހިންގަން ކޮމަންވެލްތުން އިންޑިއާގެ ކިބައިން އެދެން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. CMAG must suspend the Maldives from CW n request India to invoke R2P!— ahmed shaheed (@ahmedshaheed) September 26, 2013
ޝަހީދުގެ ޓުވީޓް"އާރުޓޫޕީ" ނޫނީ "ރެސްޕޮންސިބިލިޓީ ޓް ޕްރޮޓެކްޓް" އަކީ އދ ގެ އިސްނެގުމަކަށް 2005 ވަނަ އަހަރު ފާސްކޮށްފައިވާ އުސޫލެކެވެ. ގައުމެއްގެ އިސްތިގުލާލާއި މިނިވަންކަން ހިމާޔަތް ކުރުމަށް އެ ދައުލަތެއް ނުކުޅެދިއްޖެ ނަމަ އެ ގައުމަކާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި އަސްކަރީ ބާރު ބޭނުން ކުރުމަށް އެ އުސޫލުގެ ތެރެއިން ހުއްދަ ދެ އެވެ. އާރުޓޫޕީ މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ ހަނގުރާމައިގެ ޖަރީމާތަކާއި ބޮޑެތި ގަތުލް އާންމުތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ޖަރީމާތަކާއި ލޭ އޮހޮރުވުންތައް ހުއްޓުވުމަށެވެ.  ޝަހީދު ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލު ދަމަހައްޓައި ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމަށާއި ގާނޫނީ ވެރިކަމެއް ރާއްޖޭގައި ދެމެހެއްޓުމަށް އިންޑިއާ އާއި ކޮމަންވެލްތުން ރާއްޖޭގެ މައްސަލައިގެ ތެރެ އަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން އެދެން ޖެހޭ ކަމަށެވެ. އަދި އެކަން ވީހާ ވެސް އަވަހަކަށް ކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. @anedhivehirajje @abdulla_shahid @ibusolih @Thasmeen Speaker n Majority leader should invite India & CW to restore constitutional authority!— ahmed shaheed (@ahmedshaheed) September 29, 2013
ޝަހީދުގެ ޓުވީޓްކުރީގެ ރައީސް މައުމޫނާއި ނަޝީދުގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ޝަހީދު ވިދާޅުވީ "ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ" ދިވެހި ސިފައިންނަށް ވުރެ އިލްމާނީ އުސޫލުތައް ގަބޫލު ކުރާ އިންޑިއާގެ ސިފައިން ވެސް އޭނާ އަށް މާ ރަނގަޅު ކަމަށެވެ. އަދި ޖިހާދީ ފިކުރުތަކަށް ރާއްޖެ ނޫނެކޭ ބުނަން ޖެހޭ ކަމަށް ވެސް ޝަހީދު ވަނީ ވިދާޅުވެފަ އެވެ. @drmauroof Yes, I will repeat that again: I wud much prefer secular Indian Army to mullah-fed MNDF! Say NO to jihadis n takfiris!— ahmed shaheed (@ahmedshaheed) September 27, 2013
ޝަހީދުގެ ޓުވީޓްޝަހީދަކީ ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް، ރައްޔިތުން މަޖިލީހުގެ ރުހުން ލިބިވަޑައިނުގެން މަގާމުން ދުރުވެވަޑައިގެންނެވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ