ޑީޖޭއޭ އަށް ހާޒިރު ކުރީ ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކުގެ މަގުސަދު އޮޅުންފިލުވުމަށް – ސުއޫދު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ސުއޫދު ހާޒިރުކުރީ ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކުގެ މަގުސަދު އޮޅުންފިލުވުމަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ކަންވެސް ކުރައްވަމުންގެންދަވާ މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ޑީޖޭއޭ އަށް ހާޒިރުކުރީ މިއަދު 1:15 އަށެވެ.
ސުއޫދު މިއަދު ޑީޖޭއޭއަށް ހާޒިރު ކުރީ އޭނާ ރާއްޖެޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމްގައި ޖުޑިޝަރީއާއި ބެހޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެޓީވީގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން ސުއޫދު ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދާއި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ ދަށުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ސުއޫދު ވިދާޅުވީ، އޭނާ ހާޒިރުކޮށް، ސުވާލުކޮށްފައިވަނީ ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކުގެ މަގުސަދާއި ބެހޭގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ އެވާހަކަތައް ދެއްކެވީ ވަކި މަގުސަދެއް ހާސިލް ކުރަން ނޫން ކަމަށާއި، ފާޅު ކުރީ އޭނާގެ ހިޔާލު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ