ބައިނަލްއަޤުވާމީ ފައިނޭޝަލް އިންޓެލިޖެންސް ގުރޫޕާއި ގުޅުމުގެ މަސައްކަތް އެމްއެމްއޭއިން ފަށައިފި

ބައިނަލްއަޤުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ގްރޫޕާއި ގުޅުމުގެ މަސައްކަތް އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓުން ފަށައިފި އެވެ.
ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓްތަކާއި ބެހޭ ގްރޫޕް އެގްމޮންޓް ގައި ބައިވެރިވުމުގެ ގޮތުން ދެ ގައުމަކުން ރާއްޖޭގެ އެފްއައިޔޫ ސްޕޮންސަރ ކުރަންޖެހެއެވެ. އެގޮތުން ސްރީލަންކާ އާއި ބަންގްލަދޭޝްގެ އެފްއައިޔޫއިން ވަނީ ރާއްޖޭގެ އެފްއައިޔޫ ސްޕޮންސަރކޮށްފައެވެ.
އެގްމޮންޓްގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުންކަމަށްވާތީ އެ ޝަރުތުތައް ރާއްޖޭގެ އެފްއައިޔޫގައި ހަމަވޭތޯ ބެލުމަށް ބަންގްލަދޭޝް އަދި ސްރީލަންކާގެ އެފްއައިޔޫގެ އިސްބޭފުޅުންގެ ޓީމެއް ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އަދި އެފްއައިޔޫގެ ހެޑް އިބްރާހިމް އަހުމަދު ނާސިރު ވަނީ މި ޓީމާއި ބައްދަލުކޮށްފައެވެ. އަދި ރާއްޖޭގެ އެފްއައިޔޫންއިން ދަނީ މި ޓީމާއި ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ.
މީގެ އިތުރުންވެސް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
އެގްމޮންޓްގައި ދުނިޔޭގެ 159 ގައުމެއްގެ އެފްއައިޔޫ ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ