ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދެއަހަރުތެރޭ ކޮންމެ އަތޮޅެއްގައި މަދުވެގެން ދެއައިސްޕްލާންޓް ބަހައްޓައިދޭނެ ކަމަށް ވިދާޅުވެ ގިނަ އަދަދެއްގެއް ވައުދުތަކެއް ވެވަޑައިގަންނަވަމުންގެންދަވާ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ވައުދުވެވަޑައިގެންފި އެވެ.
ކ.ތުލުސްދޫގައި ޖުމްހޫރީ ޕާޓީން ބޭއްވި ކެންޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ މި އައިސް ޕްލާންޓްތައް ބަހައްޓާނީ ކޮންމެ އަތޮޅެއްގައިވެސް މަސްވެރިކަން އެންމެ ރަނގަޅު ރަށްރަށް ފާހަގަކޮށް އެރަށްރަށުގެ ކައިރީގައި ކަމަށާއި އޭރުން ހުރިހާ މަސްވެރިންނަށްވެސް ފަސޭހައިން އައިސް ލިބެން ހުންނާނެ ކަމަށެވެ.
އާރުއެސް ޑަބްލިޔު ސިސްޓަމް ދޯނިފަހަރުގައި ބެހެއްޓުމަށްވުރެން ކޮންމެ އަތޮޅެއްގައި މަދުވެގެން ދެއައިސްޕްލާންޓް ބެހެއްޓުން މާ ފައިދާވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ދެއަހަރުތެރޭ ކޮންމެ އަތޮޅެއްގައި މަދުވެގެން ދެއައިސްޕްލާންޓް ބަހެއްޓުމުގެ ބޭނުމަކީ ރާއްޖޭގެ މަސްވެރިކަން އިތުރަށް ތަރައްގީކޮށް މަސްވެރިކަމުން ލިބޭއާމްދަނީ އިތުރު ކުރުން ކަމަށް ވެސް ގާސިމް ރޭ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ "“އަޅުގަނޑުގެ ވެރިކަމެއްގައި، ރައްޔިތުންގެ ޖީބު ފުރާލާނަންޔިތުންގެ ޖީބު ފިނިފެންމަލެއްހެން ފޮޅިގެންދާނެ އެއްޗަކަށް ހަދައިދޭނަން" ކަމަށެވެ. އަދި އެކަންކޮށްދިނުމަށް އެންމެ ފުރަތަމަ ކޮށްދޭންވި ކަމަކީ އޭނާ ވެރިކަމަށް ހޮވައިދިނުން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގެސްޓްހައުސްގެ ވިޔަފާރިއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޓްރާންސްޕޯޓް ނެޓްވޯކެއް ހަރުދަނާކޮށް ވަރުދަގަކޮށްފައި ނޫނީ ގެސްޓް ހައުސް ވިޔަފާރި އާލާކޮށްފިނަމަ އެކަން ވެގެންދާނީ ރައްޔިތުންގެ ބޮލުގައި އެޅުވޭ ވަރަށް ބޮޑު ލަނޑަކަށް ކަމަށާއި ޓްރާންސްޕޯޓް ނެޓްވޯކަކައި ނުލައި ގެސްޓްހައުސް ވިޔަފާރ ކުރަން ހެޔޮ ނުވާނެ ކަމަށެވެ.
ގެސްޓް ހައުސްގެ މަސައްކަތް ފަށައިނިމަ އެތައް މިތަނުން ދަރަންޏަށް ފައިސާ ހޯދައިގެން އެ ފައިސާއަށް އެހެން މިހެން ހަދައިގެން ގެސްޓް ހައުސް ހަދައި ނިމުމުން އެތަނަށްދާ ޓޫރިސްޓު މީހާއަށް 220 ޑޮލަރާއި 300 ޑޮލަރު، ޓްރާންސްފާއަށް ޖެހުމުން އެކަމެއް ނުކުރެވޭނެ ކަމަށް ވެސް ގާސިމް ރޭ ވިދާޅުވި އެވެ.
ދެއަހަރުތެރޭ ކޮންމެ އަތޮޅެއްގައި ދެ އައިސްޕްލާންޓް ބަހައްޓާނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ