ބްރެޒިލްގެ ސައޯ ޕޯލޯގެ ހުރިހާ ރައްޔިތުން ކޮވިޑް ވެކްސިން ޖެހުމަށް މަޖުބޫރު ކޮށްފިއެވެ.
ބްރެޒިލްގެ އެންމެ އާބާދީ ބޮޑު ސިޓީ، ސައޯޕޯލޯގެ ގަވަރުނަރު ޖާއޯ ޑޯރިއާ ވަނީ އެސިޓީގެ ރައްޔިތުން އިމިއުންކުރުމުގެ މަސައްކަތް އެގައުމުގެ ނެޝަނަލް ހެލްތު ސަވައިލެންސް އެޖެންސީން ހުއްދަ ދިންހާ އަވަހަކަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ.
ގަވަރުނަރު ވަނީ ވެކްސިން ޖެހުން މަޖުބޫރު ކުރިނަމަވެސް ސިއްހީ ހާލަތު ހުންނަގޮތުން ވެކްސިން ނުޖެހޭ މީހުން އިސްތިސްނާވާނެ ކަމަށް ވިދާޅުވެފައެވެ.
ބްރެޒިލްގެ މީޑިއާއިން ވަނީ އެގައުމުގެ ސަރުކާރުން ޗައިނާ އިން އުފައްދާ ކޮވިޑް ވެކްސިން ހުއްދަ ލިބުމާއެކު އެގައުމުގެ ސިއްހީ ދާއިރާގެ ފަރާތްތަކަށް ޑިސެމްބަރު މަހު ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.
    
    ބްރެޒިލްގެ ސައޯ ޕޯލޯގެ ހުރިހާ ރައްޔިތުން ކޮވިޑް ވެކްސިން ޖެހުމަށް މަޖުބޫރު ކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            