ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީން އާސެނަލާ ފިޔަވަޅެއް ގާތަށް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް ބަލިކޮށް މެންޗެސްޓަރ ސިޓީން އާސެނަލާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމު ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ސިޓީ އަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފައެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. ސިޓީން ލީޑުނެގި ލަނޑުޖެހީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް އާލިން ހާލަންޑެވެ. ދެވަނަ ހާފުގެ 69 ވަނަ މިނިޓުގައި ފިލް ފޯޑެން ކާމިޔާބުކޮށްދިން ލަނޑާއެކު ސިޓީން ލީޑު ފުޅާކުރިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ސިޓީއަށް ލިބުނު ޕެނަލްޓީއަކުން އާލިން ހާލަންޑް ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މެންޗެސްޓަރ ސިޓީ އިން އަންނަ ބުދަ ދުވަހު ކަރަބާއޯ ކަޕްގެ ކުއާޓަރ ފައިނަލުގައި ނިކުންނާނީ ބްރެންޓްފޯޑް އާއި ދެކޮޅަށެވެ. މެޗާ ކުރިމަތިލާއިރު އެ ޓީމު މިވަގުތު ދަނީ މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ