ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ 2 މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓުކޭހެއް ފޭރިގަނެއްޖެއެވެ.
ފުލުހުން ބުނީ މިހާދިސާ ހިނގައިގެން ރިޕޯޓު ކުރީ ރޭ ފަތިހު 4:45 ގައި ކަމަށާއި އެކަން ކޮށްފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ކަމަށެވެ.
އެއާޕޯޓުގެ ޓާމިނަލް 1 އަދި އެއާޕޯޓަށް ވަންނަ ސަރަހައްދަކީ އާންމުކޮށް 24 ގަޑިއިރު ފުލުހުން އަދި އެއާޕޯޓު ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދެކެވެ. މި ސަރަހައްދަށް މޫނު ނިވާކޮށްގެން ބަޔަކު ކައިވެރިވާއިރު އެކަން ސެކިއުރިޓީންގެ ސަމާލުކަމަށް ނައި ސަބަބެއް މުޅިއަކުން ސާފެއް ނުވެއެވެ.
މިހާދިސާ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެފައި ވާއިރު ބޭންކުގެ މައުލޫމާތުވެސް ފުލުހުން ވަނީ ސިއްރު ކޮށްފައެވެ. ނަމަވެސް 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައި ވާ ގޮތުން އެއީ ބޭންކް އޮފް މޯލްޑިވްސް އެވެ.
އެ ބޭންކުގެ 2 މުވައްްޒަފުން ޓާމިނަލް 1 އަށް ވަންނަން ދިޔައީ ޑޮލަރު ހިފައިގެން ކަމެއް ނުވަތަ ރުފިޔާ ހިފައިގެން ކަމެއް މުޅިން ސާފު ނުވި ނަމަވެސް، އެއާޕޯޓަކީ ފުރާ މީހުންނަށް ހާއްސަކޮށްގެން ޓިކެޓަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު ދޫކުރާ ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރު ވެސް ހުންނަ އެއާޕޯޓެވެ.
ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ 2 މުވައްޒަފެއްގެ އަތުން ފައިސާ ފޮށީ ފޭރިގަނެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ