ހއ. ހޯރަފުށީގައި އިއްޔެ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެއެވެ. މި ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގައި ހއ. އަތޮޅު ތަމްސީލްކުރައްވާ 5 މެމްބަރުންނެވެ. އެއީ ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ، އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ. މި ހުރިހާ މެމްބަރުންނަކީވެސް ޕީއެންސީގެ މެމްބަރުންނެވެ.ވެ.ބަންކަރިންގެ ޚިދުމަތް ފެށުމުގެ ގޮތުން، އެންމެ ފުރަތަމަ މި ޚިދުމަތް ފޯރުކޮށްދިން ބޯޓުތަކަށް ވޯޓާ ސެލިއުޓް ދިނެވެ. އެންމެ ފުރަތަމަ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދެވުނީ އެމްއެސްއެސްގެ ބޯޓު، ވައިސީ ބެރިއަރއަށެވެ. މިއީ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެކެވެ. މީގެ ކުރިން މި އުޅަނދު ބަންކަރުކުރަމުން އައީ ކޮލަމްބޯއިންނެވެ.
ބަންކަރިންގެ ޚިދުމަތް ދިނުމަށްޓަކައި އެސްޓީއޯއިން ވަނީ 2 ބޯޓު ރާއްޖެ ގެނެސްފައެވެ. މި ދެ ބޯޓަކީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ބޯޓުތަކެކެވެ.މި ޚިދުމަތް ފެށުމާއެކު، ރާއްޖޭގެ އުތުރުގައި ދަތުރުކުރާ ބޯޓުފަހަރަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށްވެސް އުއްމީދުކުރެވެއެވެއެވެ.
ހއ. ހޯރަފުށީގައި ބަންކަރިންގެ ޚިދުމަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ