ހުވަނދު ފުވައްމުލައް: ޤަދީމީ ޢިލްމާއި ޒަމާނީ ސައިންސުން އުފަންކުރުވި ތަސައްލީ ޔޫރޮޕާ ލީގު: ލިވަޕޫލް ކަޓުވާލައި އެޓަލާންޓާ ސެމީއަށް ރައީސް މުއިއްޒުއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުގައި ހުންނާނީ އަހަރެން: އަބްދުއްރަހީމް އިދިކޮޅު ފަރާތްތަކުން މަޖިލިސ

މި ސަރުކާރުގެ ހަމައެކަނި ފޯކަސްއަކީ ނަތީޖާ ނެރެދިނުން ކަމަށާއި ކުރިއަށް މަޖިލިސް އިންތިޚާބަކީ ނަތީޖާ ނެރެދޭން ބޭނުންވާ ސަރުކާރަކަށް މަޖިލީހުން އެއްބާރުލުން ދިނުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ރޭ ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ފޯކަސް ކުރައްވަނީ، ނަތީޖާއަށް ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ 5 މަސް ދުވަހުގެ ތެރޭގައިވެސް ގިނަ ގޮންޖެހުންތަކަކާއެކު ނަތީޖާ ޙާސިލުކޮށްދެއްވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުގެ ފޯކަސް ހުރީ ނަތީޖާ ނެރުމަށް . އެ ނަތީޖާ ނެރެދިނުމަށް ސަރުކާރާއެކު މަސައްކަތް ކުރާނެ ބައެއް މަޖިލީހުގައި ތިބެން ޖެހޭ. އިދިކޮޅު ފަރާތްތަކުން ގެންގުޅެނީ ބަދަލު ހިފުމުގެ ރޫހެއް . މި ސަރުކާރުގައި އެކަން ނިމުމަކަށް ގެނެސް އިސްކުރަނީ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ވިސްނުން” ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
އައްޑޫގެ ތަރައްޤީއަށްވެސް ގިނަ މަސައްކަތްތައް މިހާރުވެސް ފެށިފައިވާކަމަށް ވިދާޅުވެ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ އެއް މަޝްރޫޢު ކަމަށްވާ އައްޑޫ ބްރިޖުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާ އައްޑޫގެ ފެނާއި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ހަވާލުކުރެވިފައިވާ ކަމަށް ރައިސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަސައްކަތްތައް ހުއްޓުވުމުގެ ވިސްނުން ގެންގުޅުއްވާ ފަރާތްތައް މަޖިލީހަށް ހޮވައިގެން ވާނީ ވަގުތު ބޭކާރު ކަމަށެވެ. އަދި އެކަމުން ޤައުމަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ކަމެއްކޮށްދިނުމުގެ ނިޔަތުގައި މަސައްކަތް ކުރަމުންދާ ސަރުކާރަކަށް މަޖިލީހުން ފުރުޞަތު ދޭން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ