ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެމްއޭސީއެލްގެ 10 މުވައްޒަފަކަށް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެ.މް.އޭ.ސީ.އެ.ލްއިން ހައްޖަށް ދިޔުމުގެ ފުރުސަތު ލިބޭ 10 މުވައްޒަފުންނަށް އެކަމާއި ގުޅޭ ލިޔުން ހަވާލުކޮށްފިއެވެ.
ހުޅުލޭ އައިލަންޑް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ލިބުނު އެމްއޭސީއެލްގެ މުވައްޒަފުންނަށް އެކަމާއި ގުޅޭ ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހިމް ޝަރީފު މުހައްމަދުއެވެ.
އެ.މް.އޭ.ސީ.އެ.ލްއިން ހައްޖަށް ދިޔުމުގެ ފުރުސަތު ލިބޭ 10 މުވައްޒަފުންނަށް އެކަމާއި ގުޅޭ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ އެމްޑީ ވާހަކަ ދައްކަވަނީ: ފޮޓޯ/ އެމްއޭސީއެލް
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ހައްޖުފަދަ މަތިވެރި އަޅުކަމެއް އަދާކުރުމުގެ ފުރުސަތު ކޮންމެ އަހަރަކު ކުންފުނީގެ 10 މުވައްޒަފަކަށް ދިނުމަކީ ކުންފުނީގެ މުހިންމު އަމާޒެއްކަމަށާ އެ ފުރުސަތު ދިނުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ކުންފުނީގައި އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށްކަމަށެވެ. 
އެ.މް.އޭ.ސީ.އެ.ލްއިން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ކުންފުނީގެ މުވައްޒަފުންނަަށް ދޭން ފެނީ 1998 ވަނަ އަހަރުއެވެ. ނަމަވެސް އެ ޚިދުމަތް މެދުކެނޑުމަށްފަހު 2017 ވަނަ އަހަރު އަލުން ފަށައި ކުންފުނީގެ 10 މުވައްޒަފަކަށް ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީފައެވެ. އެފަހުން ކޮވިޑާއި ގުޅިގެންވެސް އެކަން މެދުކެނޑިގެން ގޮސްފައިވާއިރު، ނިމިދިޔަ އަހަރު  އަހަރު 5 މުވައްޒަފަކަށް ވަނީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ